ރާއްޖޭގައި އިސްލާމިކް މިނިސްޓްރީއެއް ހުންނާކަށް ނުޖެހޭ: ޖާބިރު
ރާއްޖޭގައި އިސްލާމިކް މިނިސްޓަރެއް ހުންނަން ނުޖެހޭ ކަމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
މިޔުޒިކު ކުޅެ ، ހިތް އުފާ ކުރުމަށް ޚާއްޞަ މަރުކަޒެއް އެޅުމާ ގުޅޭގޮތުން ހަސަން ލަތީފް ހުށަހެޅުއްވި ގަރާރާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ، ރާއްޖޭގައި ވަރަށް ބޮޑަށް ތަފާތު ކުރުން އޮންނަ ކަމަށާއި ހުޅުމާލޭގެ ހޮޓާތަކުގައި ރާ ވިއްކުމުގެ ހުއްދަ ދީފައިވާއިރު، މީހުން ދިރިއުޅޭ އެހެން ރަށްރަށުގައި މި ހުއްދަ ދީފައި ނުވުމަކީ މީގެ ހެއްކެއް ކަމަށެވެ.
ޖާބިރު ވަނީ ދިވެހިންނަށް ރާއްޖޭގައި އުފާ ނުކުރެވޭނަމަ ދެން ކުރާނީ ކޮން ބައެއްތޯ ސުވާލުކޮށްފައެވެ.
ދިވެހިރާއްޖޭގައި އިސްލާމްދީނުގެ މިލްކުވެރިކަން ވަކި ބަޔަކު ނަގައިގެން އުޅުމަކީ ކަންބޮޑުވެ ވަޑައިގަންނަވާ ކަމެއް ކަމުގައި ވިދާޅުވެ. ޖާބިރު އިތުރަށް ވިދާޅުވީ ރާއްޖޭގައި އިސްލާމިކް މިނިސްޓްރީއެއް ހުންނަން ނުޖެހޭ ކަމަށާއި އިސްލާމިކް މިނިސްޓްރީއަކީ ސިޔާސީ މިނިސްޓްރީއެއް ކަމަށެވެ.
އަދި އިސްލާމިކް މިނިސްޓްރީއެއް ހުންނަން ނުޖެހޭނެ ކަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ވެސް އެނގިވަޑައިގަންނަވާނޭ ކަމުގައި ޖާބިރު ވިދާޅުވިއެވެ. މީގެ އިތުރުން ޖާބިރު ވިދާޅުވީ މިޤައުމު މި ހިންގަނީ ރާއްޖޭގެ ދީނީ ޢިލްމުވެރިންނާއި ކާބަފައިން ބުނި ގޮތުގެ މައްޗަށް ކަމަށެވެ.
ޖާބިރު ވަނީ ދުނިޔޭގައި އިސްލާމިކް މިނިސްޓްރީ ހުންނަނީ ދެން ކޮން ގައުމެއްގައިތޯ ވެސް ސުވާލު ކުރައްވާފައެވެ.
ޖާބިރު ރާއްޖޭގަ ވެސް އަދި މަޖިލީހުގައިވެސް އަދި ދުނިޔޭގައިވެސް ހުންނާކައް ނުޖެހޭ.
ރާއްޖޭގައ އެއްވެސް މުއައްސަސާއެއް ހުންނާކަށް ނުޖެހޭނެެެެ މިލިޓަރީ ވެރިކަމެއް ކުރީމަ ރަނގަޅުވާނެކަންް ޔަޤީން
މި ސޮރު ކިޔާ އެއްޗެއްސަށް އެއްޗެކޭ ވެސް ބުނާނީ ހަމަ މޮޔައެއް …
ޖާބިރު ކަލޭގެ ކަންތައްމިހާރުތިދަނީ މާމައްޗައް ކަލެއަކައްނޭގޭނެ މިގައުމު ގާހުންނަން ޖެހޭތަންތަނެއް ދިޔާނާ ނުޖެހޭ ކަލެއާއިދެގެން އުޅޭކައްވެސް
ދީނާ ހިލާފް މީހުން ތެޅި ފޮޅޭތަން ފެންނަން ފަޝައިފި. ޔާﷲ އެބައިމީހުންގެ މަކަރުވެރި ރޭވުންތަކުން ދިވެހިން ސަލާމަތް ކުރައްވާންދޭވެ. އާމީން!