އިދިކޮޅުގެ ފަރާތުން ބާއްވާ "މަގޭ ފްލެޓު ކޮބާ؟" އިހުތިޖާޖު އަންނަ ހުކުރު ދުވަހު
 
                                                    އިދިކޮޅު ޕީޕީއެމް/ޕީއެންސީ ގެ ފަރާތުން އަންނަ ހުކުރު ދުވަހު "މަގޭ ފްލެޓު ކޮބާ" ގެ ނަމުގައި އިހުތިޖާޖެއް ބާއްވަން ނިންމައިފިއެވެ.
މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަން ހިންގުމާ މިވަގުތު ހަވާލުވެ ހުންނެވި، ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ (އަދުރޭ) ވިދާޅުވީ، ހިޔާ ފްލެޓުތަކާ ގުޅޭގޮތުން ހުރި ކަންބޮޑުވުން ފާޅު ކުރެއްވުމުގެ ގޮތުން އަންނަ ހުކުރު ދުވަހު މާލޭގައި އިހުތިޖާޖު ކުރަން ނިންމާފައިވާ ކަމަށެވެ.
އަދުރޭ ވިދާޅުވީ އިހުތިޖާޖު އޮންނާނީ އަންނަ ހުކުރު ދުވަހު 14:30 ގައި ކަމަށެވެ.
"މިއިހުތިޖާޖުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަކީ އަޅުގަނޑު ވަރަށް އެދޭ ކަމެއް. މިސަރުކާރުން ކަންތައް ކުރަމުންދާ ގޮތުން ރައްޔިތުންގެ ހުރި ކަންބޮޑުވުން ރައްޔިތުން އެބަޖެހޭ ޢަމަލީ ގޮތުން ދައްކަން" އަދުރޭ ވިދާޅުވިއެވެ.
 
  
 
 
            
                     
            
                     
            
                    
 
		
 
		
 
		
 
		
