ރައީސް ޔާމީންގެ މަންމާފުޅަށް ކޮވިޑް-19 ޖެހި އައިސީޔޫގައި ފަރުވާ ދެނީ

ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ މަންމާފުޅަށް ކޮވިޑް-19 ޖެހި އައިސީޔޫގައި ފަރުވާ ދޭން ފަށައިފިއެވެ.
"ދެން" އަށް އެނގިފައިވާ ގޮތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މަންމާފުޅު ފާތުމަތު ހަސަން (83އ)، ކޮވިޑް-19 އަށް ފަރުވާދެމުން ގެންދަވަނީ ލަންކާ ހޮސްޕިޓަލް އައިސީޔޫގައެވެ.
ރައީސް ޔާމީންގެ މަންމާފުޅުގެ ހާލު ދެރަވެގެން ލަންކާ ހޮސްޕިޓަލަށް ގެންދެވުނީ ރޭ ފަތިހުގެ ވަގުތެއްގައި ކަމަށް މައުލޫމާތު ލިބެއެވެ. އަދި ކޮވިޑް-19 އަށް ފައްސިކަން އެނގިފައި ވަނީ ހެދި ޓެސްޓުތަކުންނެވެ.
ފާތުމަތު ޙަސަން ދިރިއުޅުއްވަމުން ގެންދަވަނީ ލަންކާ ގައެވެ.
މާތް ﷲ ރައީސް ޔާމީންގެ މަންމާފުޅަށް އަވަސް ޝިފާއެއް މިންވަރު ކޮށްދެއްވާ، އާއިލާއަށް ކެތްތެރިކަން ދެއްވާށި. އާމީން