ދީން

"ބާރު ހުރި މީހަކު ކުށެއް ކުރުމުން އަދަބު ނުދީ އާދައިގެ މީހަކު ކުށެއް ކުރުމުން އަބަދު ދިނުމަކީ ޖާހިލިއްޔަތުގެ ސިފައެއް"

ދެން އެމްވީ ، ދެން އޮންލައިން

މުޖްތަމައުގެ އަޝްރާފުން(ބާރާއި ގަދަރުހުރި މީހުން)ނަށް އަދަބު ނުދީ އާދައިގެ މީހަކު ކުށެއް ކުރުމުން އަބަދު ދެވޭ ނަމަ އެއީ ޖާހިލިއްޔަތުގެ ސިފައެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

Ads by STELCO

އިސްލާމް ދީން އައީ ޖާހިލިއްޔަތުގެ ނަހަމަކަމުން މުޅި އިންސާނިއްޔަތުކަން ސަލާމަތް ކޮށްދިނުމަށް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ބުނެފައި ވަނީ އިންސާނިއްޔަތުކަން ނެތް ތަނެއްގައި އޮންނާނީ ޖަންގަލީގެ ނިޒާމު ކަމަށެވެ. އަދި މުޖްތަމައެއްގައި އިންސާނިއްޔަތުގެ އަގުތަކާއި ހަމަތައް ނެތި ގޮސްފިނަމަ އެ ތަނެއްގައި ޖާހިލިއްޔަތުކަން އާލާވެގެންދާނެ ކަމަށް

މިއަދުގެ ހުތުބާގައި ބުނެފައި ވަނީ އިންސާނުންނަކީ އިންސާނީ ވަންތަ ކަމުގައި އެއް މަގާމަކާއި އެއް ހައިސިއްޔަތެއްގެ ލިބިގެންވާ އެއް ދަރަޖައެއްގެ ބައެއް ކަމަށެވެ. އަދި އިންސާނާ އުފެދުމުގެ އަސްލާއި އިންސާނީ ވަންތަ ކަމުގެ ސިފަތަކާއި އިންސާނި އިހްސާސްތަކަށް ބަލާއިރު އިންސާނިއްޔަކުގެ ތިލަފަތަކީ ހަމަހަމަ ތިލަފަތެއް ކަމަށެވެ.

"އިންސާނަކަށް ވީތީ ދޭން ޖެހޭ މަގާމާއި އިހްތިރާމާއި، ރަހުމާއި، ހަމްދަރުދީ އާއި، އަޅައިލުމާއި، އެހީތެރިކަން ދިނުމުގައި ތަފާތު ކުރުމެއް ނުވެއެވެ. ނަސްލާއި، ގަބީލާ އާއި، ގައުމާއި، އާއިލާ އަކީ އިންސާނިއްތަގެ ތިލަފަތުގެ ކުރިމަތީގައި އެއްވެސް އަގެއް، ބުރަދަނެއް ހުރި އެއްޗެއް ނޫނެވެ. މީސްތަކުންގެ ކުލަ އާއި ބުރުސޫރަ އާއި ޖިންސާއި، އުމުރަކީ އެ މީހުންގެ މެދުގައި ތަފާތޔ ކުރެވޭނެ އަސާސެއް ނޫނެވެ. އާރާއި ބާރާއި މަގާމާއި ނުފޫޒާއި މާލާއި ޖާހާއަކީ އިންސާނީ ހަމަހަމކަމާއި އިންސާފަށް ލޮޅުމެއް ގެނެވޭނެ ކަމެއް ނޫނެވެ." ހުތުބާގައި ބުނެފައި ވެއެވެ.

އުންޞޫރީ ތަފާތު ކުރުމުގެ ނުބައި ޖާހިލީ އާދަ އެންމެ ފުރަތަމަ ތައާރަފު ކުރީ އިބްލީސް ކަމަށާއި އެއީ އާދަމްގެފާނަށް ސަޖިދަ ޖެހުމަށް ﷲ އޭނާ އަށް އަމުރުކުރެއްވި ހިނދު ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

"އިބްލީސް އެ އަމުރުފުޅަށް ނުކިމަންތެރިވުމުގެ ގޮތުން ގެނައި ހުއްޖަތަކީ އުފެދުމުގެ އަސްލަށް ބަލައި އޭނާ އާދަމްގެފާނަށް ވުރެ މޮޅުވެގެންވާ ކަމުގެ މުޑުދާރު ހުއްޖަތެވެ. ދެން އެއަށްފަހު އެކި ޒަމާންތަކުގައި ޖާހިލިއްޔަކުގެ އަނދިރިކަން ފެތުރި އެންމެ ބޮޑަށް އެ ބައެއްގެ ތެރޭގައި މިކަން ވަކިހިއްޕާލާފައި އޮތް އެއްބަޔަކީ ކީރިތި ރަސޫލާ ރަސޫލުކަމައިގެން ފޮނުއްވުމުގެ ކުރިން މައްކާގެ އަހުލުވެރިންނެވެ. އެކަލޭގެފާނު ވަޑައިގެން އެ ޖާހިލިއްޔަތު ފޮލެހެއްވިއެވެ." ހުތުބާގައި ބުނެފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!