ޚަބަރު

ޕާސްޕޯޓް ދޫކޮށްލުމުގެ އަމުރު ނެރުނީ އަލީ ވަހީދު އެދިގެން: ކްރިމިނަލް ކޯޓް

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ޖިންސީ ކުށުގެ ހަތް ދައުވާއަކާ ގުޅިގެން ޓޫރިޒަމް މިނިސްޓަރުކަމުގެ މަގާމުން ވަކި ކުރި، އަލީ ވަހީދު ޕާސްޕޯޓު ދޫކޮށްލުމުގެ އަމުރު ނެރުނީ އަލީ ވަހީދު އެކަމަށް އެދުމުން ކަމަށް ކްރިމިނަލް ކޯޓުން ބުނެފިއެވެ.

Ads by MWSC

ކްރިމިނަލް ކޯޓުން ބުނީ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޢަމުރުގައި، ޢަމުރަށް އެދުނު ފަރާތެއްގެ ގޮތުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ލިޔެވިފައިވަނީ ލިޔުމުގެ ކުށަކުން ކަމަށާއި އަދި ފުރުން މަނާ ކުރުމުގެ ޢަމުރު ބާޠިލް ކޮށްދިނުމަށް އެދިފައިވަނީ ޢަލީ ވަޙީދުގެ ފަރާތުން ކަމަށެވެ.

ޖިންސީ ކުށުގެ ދަޢުވާގެ ސަބަބުން މީގެ ކުރިން އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓުމަށް ކުރި އަމުރު ބާތިލް ކޮށްފައި ވަނީ އިއްޔެއެވެ. އެ އަމުރު މުރާޖަޢާ ކޮށްފައި ވަނީ ޝަރީއަތުގެ މަޖިލީހަށް އަލީ ވަހީދުގެ ޑޮކްޓަރަކު ހާޒިރުކޮށް، އެ ޑޮކްޓަރު އަލީ ވަހީދުގެ މައިބަދައިގެ ޑިސްކްތަކެއް ގުޑާފައިވާކަމަށް ބުނުމާ ގުޅިގެންނެވެ.

އަލި ވަހީދުގެ މައްޗަށް ދައުލަތުން އުފުލީ ޖިންސީ ކުށުގެ ހަތް ދައުވާއެކެވެ. އެއީ ޖިންސީ ކުށުގެ ޤާނޫނުގެ 16 ވަނަ މާއްދާގެ ދަށުން ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދަޢުވާ އާއި 15 ވަނަ މާއްދާގެ ދަށުން ރޭޕްކުރަން އުޅުމުގެ ކުށުގެ ދަޢުވާ އާއި 18 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާކުރުމުގެ ކުށުގެ ދަޢުވާ އާއި 19 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދަޢުވާ އެވެ.

އޭގެއިތުރުން ޤާނޫނުލްޢުޤޫބާތުގެ 412 ވަނަ މާއްދާއާއި، އެ ޤާނޫނުގެ 81 ވަނަ މާއްދާގެ ދަށުން ހުއްދަ ނޫން ޖިންސީ މުޢާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ ދެ ދަޢުވާ އާއި 132 ވަނަ މާއްދާގެ ދަށުން ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދަޢުވާ ވަނީ އުފުލާފައެވެ.

Ads by HDC
  1. ތާރު

    ޑރ ނަންބުނެލަ