ކޮވިޑް-19: ދުނިޔޭގެ އެންމެން ގައިގައި ހުރި ވައިރަސް މި ދަޅަށް އަޅާލެވޭނެ
ދުނިޔޭގެ އެންމެންގެ ގައިގައި ހުރި ކޮރޯނާ ވައިރަސް ކުޑަ ކޯކު ދަޅަކަށް އަޅާލެވޭނެ ކަމަށް އިނގިރޭސިވިލާތުގެ ހިސާބު އިލްމުވެރިއަކު ބުނެފިއެވެ.
ބާތު ޔުނިވާސިޓީގެ ތަޖުރިބާކާރު ކިޓް ޔޭޓްސް ބުނި ގޮތުގައި ދުނިޔޭގައި މިވަގުތު ހުންނާނެ ކަމަށް ބެލެވެނީ 2 ކުއިންޓިލިއަން ނުވަތަ 2 ބިލިއަން ބިލިއަން ކޮރޯނާ ވައިރަސް ޕާޓިކަލްސް ކަމަށެވެ.
އޭނާ މި ހެދި ދިރާސާއަކީ ކުޑަ ކުޑަ ވައިރަހަކުން ދުނިޔެއަށް ކޮށްފައިވާ އަސަރު ދެނެގަތުމަށް ހެދި ދިރާސާއެކެވެ.
ކިޓް ބުނި ގޮތުގައި ދުނިޔެއަށް މި ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ލިބެމުން އަންނަ ގެއްލުމުގެ އަސްލަކީ އަތްމުށެއް ވަރުގެ ވައިރަސް ކޮޅެއް ކަން އެނގުމަކީ ވަރަށް ހައިރާން ކުރަނިވި ކަމެއް ކަމަށެވެ.
މިހާތަނަށް ކޮރޯނާ ވައިރަހުން ޖެހޭ ކޮވިޑް-19 ޖެހިގެން ދުނިޔެއިން 2.34 މިލިއަން މީހުން ވަނީ މަރުވެފައެވެ. އަދި މިހާތަނަށް 107 މިލިއަނަށް ވުރެ ގިނަ މީހުންނަށް ބަލި ޖެހިފައިވާ ކަމަށް ރިޕޯޓުތައް ދައްކައެވެ.