ޚަބަރު

ޗައިނާ ވެކްސިންގެ 5000 ޑޯޒް ލިބިއްޖެ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ޗައިނާގެ ގައުމީ ފާމަސޫޓިކަލް ގްރޫޕް ސިނޯފާމްގެ ކޮވިޑް ވެކްސިންގެ 5000 ޑޯޒް ރާއްޖެއަށް ލިބިއްޖެއެވެ. މިއީ ހިލޭ އެހީގެ ދަށުން ރާއްޖެއަށް ލިބުނު ވެކްސިނެވެ.

Ads by STELCO

ސިނޯފާމް ވެކްސިން ރާއްޖޭގައި ޖަހަން ފަށާނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ ހުއްދަ ލިބުމުން ކަމުގައި މައުލޫމާތު ލިބެއެެވެ.

މީގެ ކުރިން ސިނޯފާމްގެ 5000 ޑޯޒް ހެޔޮ އެދޭ ފަރާތަކުން ހަދިޔާ ކޮށްފައި ވެއެވެ.

ރާއްޖޭގައި މިހާތަނަށް ޖަހަމުން އައި އިންޑިއާއިން ހަދިޔާކުރި  ސިރަމް އިންސްޓިޓުޓް އޮފް އިންޑިއާގެ ކޮވިޝީލްޑް ވެކްސިނެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމު ކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މިހާތަނަށް މުޅި ރާއްޖެއިން ޖުމްލަ 20،161 މީހުންނަށް ވަނީ ވެކްސިން ޖަހާފައެވެ.

މާލެ ސަރަޙައްދުގައި ވެކްސިން ދިނުމަށް ގާއިމް ކޮށްފައިވާ ސެންޓަރުތަކުން މިހާތަނަށް ޖުމްލަ 16،703 މީހުންނަށް ވެކްސިން ދީފައިވާއިރު އަތޮޅުތެރޭގެ ދެ ސެންޓަރުން މިހާތަނަށް ޖުމްލަ 3،458 މީހަކަށް ވެކްސިން ދީފައި ވެއެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!