އަލީ ވަހީދު ފުރި މައްސަލަ މަޖިލިހަށް
ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ރާއްޖެ ދޫކުރައްވައި ފުރައިވަޑައިގަތް މައްސަލައިގައި ޕްރޮސިކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ޢަމަލު ކުރައްވާފައި ވަނީ ރަނގަޅަށްތޯ ބަލައިދިނުމަށް ރައްޔިތުންގެ މަޖިލީހުގެ އަންހެން މެންބަރުން އެދިވަޑައިގެންފިއެވެ.
އެނގިފައިވާ ގޮތުގައި މިކަމަށް އެދިވަޑައިގެންފައި ވަނީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިނާއި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދުގެ އިތުރުން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އެވެ.
ޖިންސީ ކުށުގެ ހަތް ދައުވާއެއް އުފުލާފައިވާ އަލީ ވަހީދުގެ ޕާސްޕޯޓު ކްރިމިނަލް ކޯޓުން އިއްޔެ ދޫކުރުމާއެކު، އޭނާ ވަނީ ރާއްޖެއިން ފުރާވަޑައިގެންފައެވެ. އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ.
އެކަމާ ގުޅިގެން މަޖިލީހުގެ އަންހެން މެމްބަރުން މަޖިލިސް ރައީސް މުޙައްމަދު ނަޝީދަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ފުރުން މަނާކުރުމުގެ އަމުރު ބާތިލުކުރުމަށް ކޯޓުން ނިންމި އަޑުއެހުމުގައި އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރައިގެން ދިޔުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން އިއުތިރާޒު ކޮށްފައި ނުވާ ކަމަށެވެ.
"ޖިންސީ އަނިޔާ ދިނުމުގެ މިފަދަ ބޮޑެތި ސީރިއަސް ތުހުމަތުތަކެއްކޮށް ތަހުގީގު ކުރެވި ދައުވާ އުފުލިފައިވާ މައްސަލައެއްގައި ދައުވާ އުފުލާފައިވާ ފަރާތަށް ރާއްޖެ އިން ބޭރަށް ފުރައިގެން ދެވިފައި ވުމަކީ އަޅުގަނޑުމެންގެ ކަންބޮޑުވުމެކެވެ. އަދި އަޅުގަނޑުމެންގެ ނަޒަރުގައި މިއީ މި މައްސަލައިގައި އަނިޔާ ލިބުނު ފަރާތްތަކަށް ތަހައްމަލް ކުރަން ޖެހުނު އިތުރު އަނިޔާއެކެވެ" މަޖިލިހުގެ އަންހެން މެމްބަރުން ފޮނުއްވި ސިޓީގައި ވިދާޅުވެފައިވެއެވެ.
ގުޑް ގޭމް
މިތިއްބެވީ މިޤައުމުގެ ގެއްލުނު ފުާވަރު ހޯދަދޭން ނުކުމެ ތިބި ނުފޫޒު ގަދަ އަގުވެއްޓިފައި ތިބި ކަބަލުން. ޢަމިއްލަ ފިރިންގެ ހައްްުޤު ނުބެލެހެއްޓޭ ފަރުވާ ކުޑަ،ކަބަލުން.
ތިއައީހައްތަހާވެސް ޑްރާމާ އެމްޑީޕީގަ ނުތިބޭނެ އަލީ ވަހީދު ފުރަން އުޅޭކަން ނޭގޭ އެކަކުވެސް ހައްތަހާވެސް ރައްޔަތުން ބޮލުގަ ދެއްގޯނިއަޅުވަން ޖައްސާ ޑްރާމާ