އައްޑޫ ސިޓީގައި އެކްސިޑެންޓެއް ހިނގައި ތިން މީހުންނަށް އަނިޔާވެއްޖެ

އައްޑޫ ސިޓީ ހިތަދޫ ބޮޑު މަގުގައި ދުއްވާފައި ދިޔަ ސައިކަލެއް އޯވާޓޭކް ކުރަން އުޅުމުގެ ތެރޭގައި އެހެން ސައިކަލެއްގައި ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުން ވިދާޅުވީ ހިތަދޫ ބޮޑު މަގުގައި ދުއްވާފައި ދިޔަ 2 ދެ ސައިކަލު އޯވަޓޭކް ކުރަން އުޅުމުގެ ތެރޭގައި އެކްސިޑެންޓެއް ހިނގި ކަމުގެ ހަބަރު މިއަދު ހެނދުނު 11:30 ހާއިރު ލިބިފައިވާ ކަމަށެވެ.
މި އެކްސިޑެންޓުގައި ތިން މީހަކަށް ވަނީ އަނިޔާ ވެފައެވެ. އަނިޔާވެފައި ވަނީ ސައިކަލު ދުއްްވަން އިން ބަންގްލަދޭޝް ފިރިހެނަކަށާއި އަނެއް ސައިކަލުގައި ތިބި ދިވެހި ފިރިހެނަކާ އަންހެނަކަށެވެ.
ފުލުހުން އިތުރަށް ވިދާޅުވީ މިހާތަނަށް ބެލި ބެލުމުން ދެ ސައިކަލު ދުއްވަން ތިބި ދެ މީހުންގެ ތެރެއިން އެކަކު ވެސް ލައިސަންސް ނެތް ކަމަށެވެ.
ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.