ޚަބަރު

އަތޮޅުތެރެއިން ކޮވިޑް ޓެސްޓު ކުރަން ސަރުކާރު ފެއިލް ވެއްޖެ: ޑރ. ޖަމީލު

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އަތޮޅުތެރެއިން ކޮވިޑް-19 ކޮންޓްރޯލް ކުރަން މިސަރުކާރު ފެެއިލްވެއްޖެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

Ads by Hajj Corporation

ޑރ. ޖަމީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަތޮޅުތެރޭގައި ކޮވިޑް ކޮންޓްރޯލް ކުރުމުގެ ފުރުސަތު ސަރުކާރަށް ލިބުނު ނަމަވެސް، އަތޮޅު ތެރޭގައި ކޮވިޑް ކޮންޓްރޯލް ކުރަން ސަރުކާރު ފެއިލް ވެފައިވާ ކަމަށެވެ.

އެގޮތުން ސަރުކާރުން ، ރަށްރަށަށް އެކި ނަންނަމުގައި ޕްރޮޖެކްޓުތަކާއި ކޯސްތައް ހިންގަން ދިޔައީ އެޗްޕީއޭގެ ލައިސެންސާއެކު ކަމަށް ވެސް ޑރ. ޖަމީލް ވިދާޅުވި އެވެ.

"އެއްވެސް ޕްލޭނެއް އަދި އެއްވެސް ރޭވުންތެރިކަމެއް ސަރުކާރުގައި ނެތް. އަދި މިހާރު ފެންނަމުން މިދަނީ އެމްޑީޕީގެ ކައުންސިލަރުން ތިބި އެންމެ ބޮޑު ދެ ސިޓީގައި ޖެހި ސަކަރާތުގެ ނަތީޖާ"ޑރ. ޖަމީލް ވިދާޅުވި އެވެ.

ރާއްޖޭގެ އެންމެ ބޮޑު ދެ ސިޓީގައި ކޮވިޑްގެ ބަލި ފެތުރޭ ކަމަށް ޑރ.ޖަމީލް ވިދާޅުވެފައި މިވަނީ އައްޑޫސިޓީ އާއި ފުވައްމުލަކު ސިޓީން ކޮވިޑް-19 އަށް ފައްސި ކޭސްތަކެއް ފެނުމާ ގުޅިގެން، އެ ސިޓީތައް މޮނީޓަރިންއަށް ލާފައިވާ ދަނޑިވަޅެއްގައެވެ. އަދި މީގެއިތުރުން ސަރުކާރުން ވަނީ އެ ދެ ސިޓީގައި ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް ވެސް އަޅާފައެވެ.

Ads by Allied Insurance
  1. މޫސާ

    އަޑޫގަ ކޮވިޑް19ގެ ސީޕިއާރު ޓެސްޓު ނުހެދޭ ބުނަނީ ކިޓްހުސް ވީޔޭ ސަރުކާރުން ކޮންމެއެޗެކޭ ބުންޗަސް

  2. މުހައްމަދު

    ކަލޯ ކިޔާނެ އެއްޗެއް ނޭންގުނިއްޔާ ކަލޭގެ ބަނޑޭ ނަމަވެސް ބުނާތި. ފޭލްވީ ތި ފޯއްމުލަކުގެ …..!!!