މަނާ ގަޑިތަކުގައި ވެހިކަލް ދުއްވުމާއި ބޭރަށް ނުކުތުމަށް ޕާމިޓަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި
މަނާ ގަޑިތަކުގައި ވެހިކަލް ދުއްވުމާއި ބޭރަށް ނުކުތުމަށް ޕާމިޓަށް އެދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ފުލުހުން ވިދާޅުވީ މާލެ ސަރަހައްދުގައި ވެހިކަލް ދުއްވުމާއި މީހުން ނުކުމެ އުޅުން މަނާ ވަގުތުތަކުގައި ޒަރޫރީ ބޭނުންތަކަށް ވެހިކަލް ބޭނުން ކުރުމަށް ނުވަތަ ބޭރަށް ނުކުތުމަށް ޕޮލިސްގެ ޕަރމިޓް ޕޯޓަލް މެދުވެރިކޮށް ހުއްދައަށް އެދެވޭނެ އިންތިޒާމު ހަމަޖެހިފައިވާނެ ކަމަށެވެ.
މިގޮތުން، ހުއްދަ ދެވޭނެ ކަންކަމަކީ އިމަރޖެންސީ، ޑިއުޓީ ނުވަތަ މަސައްކަތަށް ދިއުމާއި އައުމަށް؛ އެއަރޕޯޓް ޓްރާންސްފަރ؛ ކާބޯތަކެތި ޑެލިވަރކުރުމަށް ކެފޭ/ރެސްޓޯރެންޓުތަކަށެވެ.
ވެހިކަލް ދުއްވުން މަނާ ގަޑިތަކުގައާއި ކާފިއު ވަގުތު ޒަރޫރީ ބޭނުންތަކަށް ވެހިކަލް ބޭނުން ކުރުމަށް ނުވަތަ ބޭރަށް ނުކުތުމަށް police.gov.mv/permit އިން ހުއްދަ އަށް އެދިލެއްވުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ. ޕޮލިސް ޕަރމިޓް ސެންޓަރ އަށް ގުޅުއްވޭނެ ނަންބަރަކީ 1665 އެވެ.
އެޗްޕީއޭއިން ގެޒެޓް ކޮށްފައިވާ އުސޫލެއްގައި ބުނެފައިވަނީ އިއްޔެއިން ފެށިގެން މާލެއާއި، ހުޅުމާލެއާއި، ވިލިމާލެއާއި، ތިލަފުށްޓާއި، ގުޅީފަޅާއި، ހުޅުލޭގައި، ހަވީރު 6:00 އިން ފެށިގެން ހެނދުނު 6:00 އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކުރާ ކަމަށެވެ.