އެއްވުން މަނާ ގަޑީގައި މުޒާހަރާ ކުރިއަށް ގެންދަނިކޮށް ރޫޅާލައިފި
 
                                                    އެއްވުން މަނާ ގަޑީގައި އިދިކޮޅު ކޯލިޝަނުން މުޒާހަރާ ކުރިއަށް ގެންދަނިކޮށް ރޫޅާލައިފިއެވެ.
އިދިކޮޅު ޕީޕީއެމް އޮފީސް ސަރަޙަައްދުގައި މިރޭ ވެސް ގިނަ ފަރާތްތަކަކުން މިމުޒާހަރާގައި ބައިވެރިވިކަން ފާހަގަ ކުރެވެއެވެ.
އެސްއޯ ފުލުހުން ވެސް މިމުޒާހަރާ ކޮންޓްރޯލް ކުރުމުގައި ހަރަކާތްތެރިވިއިރު، މުޒާހަރާގައި ބައިވެރިވި ބައެއް ފަރާތްތައް ފުލުހުން ވަނީ އެއް ފަރާތް ކޮށްފައެވެ.
މިރޭ ބޭއްވި އެއްވުމަކީ އެޗްޕީއޭގެ މިންގަނޑާ ޚިލާފަށް ބޭއްވި އެއްވުމަކަށްވާތީ، އެސަރަޙައްދު ދޫކޮށްފައި ދިޔުމަށް ފުލުހުން ވަނީ އެއްވުމުގެ ބައިވެރިންނަށް ތަކުރާރުކޮށް އަންގަވާފައެވެ.
މިހާތަނަށް އަދި އެއްވެސް މީހަކު މިއެއްވުމުގެ ތެރެއިން ފުލުހުން ހައްޔަރު ކޮށްފައެއް ނުވެއެވެ.
 
  
  
            
                     
            
                     
            
                    
 
		
 
		
 
		
 
		
