ތަކުރާރުވާނަމަ ކޮންމެ ފަހަރަކު 10،000 ރުފިޔާއާ ހަމަޔަށްޖޫރިމަނާ ކުރަނީ
ރާއްޖޭގައި އަނެއްކާވެސް ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުން ދިޔުމާއެކު ބަލި ކޮންޓްރޯލް ކުރުމަށް ޑިރެކްޓަރ ޖެނެރެލް އޮފް ޕަބްލިކް ހެލްތުން އަންގަވާފައިވާ އެންގުންތަކަށް ކިޔަމަންނުވެ، އެކަން ތަކުރާރުވާނަމަ ޖޫރިމަނާ ކުރާ ކޮންމެ ފަހަރަކު 10،000 ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމަށް ސުޕަރިންޓެންޑަންޓް އޮފް ޕޮލިސް ޙުސެއިން ސަމީރު ވިދާޅުވެއްޖެއެވެ.
ހެލްތު އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ) ގެ ފަރާތުން މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ހެޑް އޮފް ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓް، ޙުސެެއިން ސަމީރު ވިދާޅުވީ އެންގުމާ ޚިލާފުވާ ފުރަތަމަ ފަހަރު ޖޫރިމަނާ ކުރެވޭނީ 1،000 ރުފިޔާއިން ކަމަށެވެ.
ދެވަނަ ފަހަރު 3،500 ރުފިޔާއިން ޖޫރިމަނާ ކުރާއިރު، އެންގުމާ ޚިލާފުވާ ތިންވަނަ ފަހަރު 7،500 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ.
މީގެއިތުރުން ޑިރެކްޓަރ ޖެނެރެލް އޮފް ޕަބްލިކް ހެލްތުން އަންގަވާފައިވާ އެންގުންތަކާ ޚިލާފުވާ ހަތަރުވަނަ ފަހަރުން ފެށިގެން ކޮންމެ ފަހަރަކު 10،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށް ވެސް ސަމީރު ވިދާޅުވިއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އަނެއްކާވެސް ވަނީ ކޮވިޑް ފެތުރުން ކޮންޓްރޯލު ކުރުމަށް ބައެއް ފިޔަވަޅުތައް އަޅާފައެވެ. އެގޮތުން އިރުއޮއްސި 6:00 އިން ފެށިގެން އަނެއް ދުވަހުގެ ހެނދުނު 6:00 އަށް މާލެ ސަރަޙައްދުގައި އެއްގަމު އުޅަނދު ދުއްވުން މަނާ ކޮށްފައިވާއިރު ރޭގަނޑު 11:00 އިން ފަތިހު 4:00 އަށް ބޭރުގައި އުޅުން ވެސް މަނަލެވެ. އަދި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިހާރު މާސްކު އެޅުންވެސް ވަނީ މަޖުބޫރު ކޮށްފައެވެ.
ލލަަަލަލަ