މާލޭގައި މޯބައިލް ވެކްސިނޭޝަންގެ ޚިދުމަތް ތައާރަފްކޮށްފި

މާލޭގައި މޯބައިލް ވެކްސިނޭޝަން ނުވަތަ ގޭގެއަށް ގޮސް ވެކްސިން ޖަހައިދިނުމުގެ ހިދުމަތް ފަށައިފިއެވެ.
އެޗްއީއޯސީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދިވެހި ރެޑް ކްރެސެންޓުގެ ސެކެރެޓަރީ ޖެނެރަލް ފާޠިމަތު ހިމްޔާ ވިދާޅުވީ، އެޗް.ޕީ.އޭ އާއި، ދަމަނަ ވެއްޓާއި، ދިވެހި ރެޑް ކްރެސެންޓް ގުޅިގެން މޯބައިލް ވެކްސިނޭޝަން ތައާރަފް ކޮށްފައިވާ ކަމަށެވެ.އަދި މި ޕްރޮގްރާމްގެ ދަށުން ރެޑް ކްރެސެންޓުންގެ ޓީމްތައް ގޭގައަށް ގޮސް ޢުމުރުން ދުވަސްވީ މީހުންނަށާއި، އެނދުމަތި ވެފައިވާ މީހުންނަށް ވެކްސިން ޖެހުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެޗްޕީއޭއިން ބުނެއެޗެ.
މި ހިދުމަތަށް އެދުމަށް ރެޖިސްޓްރީ ވާން ޖެހޭނީ ދަމަނަވެށި މެދުވެރިކޮށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މާލޭ ސަރަޙައްދުގައި ވެކްސިންގެ ކަންކަން ކުރިއަށް ގެންދިއުމުގައި އެ ޖަމްޢިއްޔާގެ އެހީތެރިކަން ފޯރު ކޮށްދެމުން ދާ ކަމަށާއި، މިމަހުގެ 5 ވަނަ ދުވަހުން ފެށިގެން ރެޑް ކްރެސެންޓްގެ ދަރުމަވެރިން ސޯޝަލް ސެންޓަރުގައި ރަޖިސްޓްރޭޝަންގެ ކަންކަމުގައާއި ޢުމުރުން ދުވަސްވީ މީހުންނާއި އެކި ބަލިތަކަށް ފަރުވާކުރާ މީހުންނަށް އެހީތެރިވުމަށް ހަރަކާތްތެރިވަމުން ދާނެ ކަމަށް ވެސް ހިމްޔާ ވިދާޅުވިއެވެ.