ޚަބަރު

އަލީ ވަހީދު ފުރުވާލުމުގައި ސަރުކާރުގެ ދައުރެއް ނެތް: ޢަބްދުލްޣަފޫރު

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުކޮށް ހަތް ދައުވާއެއް އުފުލިފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށް އޭނަ ފުރުވާލުމުގައި ސަރުކާރުގެ ދައުރެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ.

Ads by STELCO

މިއަދުގެ މަޖިލިސް ޖަލްސާގައި ވާހަކަ ދައްކަވަމުން މެމްބަރު ޢަބްދުލްޣަފޫރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް އެނގިވަޑައިގެން އެފަދަ ކަމެއް ސަރުކާރުން ނުކުރައްވާނެ ކަމަށެވެ. އަދި އަލީ ވަހީދު ފުރުވާލުމުގައި ސަރުކާރުގެ ބައިވެރިވުން އޮތް ކަމަށް ދެކެވެނީ ދޮގު ވާހަކަތަކެއް ކަމަށް ވެސް ޢަބްދުލްޣަފޫރު ވިދާޅުވިއެެވެ.

"ފުރުވާލީއޭ ބުނާއިރު ސަރުކާރުން އަލީ ވަހީދު ފުރުވަން ކުރި މަސައްކަތެއް ފެންނާކަށް ނެތް" ޢަބްދުލްޣަފޫރު ވިދާޅުވިއެވެ.

މީގެއިތުރުން ޢަބްދުލްޣަފޫރު ވިދާޅުވީ އަލީ ވަހީދުގެ ޕާސްޕޯޓް ދޫވެގެން ދިޔައީ ނިޒާމުގެ ތެރެއިން ކަމަށާއި އެފަދަ ގޮތަކަށް ޕާސްޕޯޓް ދޫވެގެން ދިޔުމަކީ ސަރުކާރުން ދޫކޮށްލުމޭ ބުނާކަށް ޖާގައެއް އޮތް ނޫން ކަމަށެވެ.

Ads by Allied Insurance
  1. ޖާނޭ

    ޢޭނަ އަމިއްލައަށް ފުރައިގެން ދިޔައީތޯ. މިއީ މިޤަރުނުގެ އެންމެ ބޮޑު ޖޯކް! ހެދި ދޮގު ފަޅާއަރާ. ފޮރުވަން ކުރާނެ ކަމެއްވެސް ނޭގުނީތޯ، ގަބޯ.

  2. ޒުވާނާ

    އެއްގޮތަކަށްވެސް ނެތް…. ތެދުފުޅެއް. މިމީހުން އެބަޖެހޭ މަޖްލިސް އިން ބޭރުކުރުން