ކޮވިޑް-19: އީސީގެ މުވައްޒަފަކު ފައްސިވެ 16 މުވައްޒަފަކު ކަރަންޓީނުގައި

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މުވައްޒަފަކު ކޮވިޑް-19 އަށް ފައްސިވެ، އެކޮމިޝަންގެ 16 މުވައްޒަފަކު ކަރަންޓީނު ކޮށްފިއެވެ.
އީސީގެ ފަރާތުން މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވީ، އީސީގެ ބިއުރޯގައި މަސައްކަތް ކުރައްވާ އަންހެން ބޭކަނބަލެއްގެ ފިރިމީހާ ކޮވިޑް-19 އަށް ފައްސިވި ކަމަށާއި އޭގެ ދެ ދުވަސް ފަހުން އެމުވައްޒަފު ވެސް ފައްސިވެފައިވާ ކަމަށް އަންގާފައިވާ ކަމަށެވެ.
އީސީ ޝަރީފު ވިދާޅުވީ އެކޮމިޝަނުން ކޮވިޑަށް ފައްސިވެފައި ވަނީ އެކަކު ކަމަށާއި ނަމަވެސް އޭނާއާ ޑައިރެކްޓް ކޮންޓެކްޓްވި 16 މުވައްޒަފަކު ތިބި ކަމަށެވެ.
"ޑައިރެކްޓް ކޮންޓެކްޓްވި 16 ފަރާތް މިހާރު ވާނީ ހޯމް ކަރަންޓީނަށް ފޮނުވާލާފަ. އެމުވައްޒަފުންނަށް ދެން އޮފީހަށް އާދެވޭނީ ކަރަންޓީނު ފުރިހަމަ ކުރުމަށް ފަހު ކޮވިޑަށް ނައްސި ނަތީޖާއަކާއެކު" ޝަރީފު ވިދާޅުވިއެވެ.