ޚަބަރު

ކައުންސިލު އިންތިހާބު: ދެ ލައްކައަށްވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބިފައިވޭ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ދެން އިމޭޖްސް/އިބްރާހީމް ޝަމްވީލް

ކުރިއަށް އޮތް ލޯކަލް ކަައުންސިލް އިންތިހާބުގައި ދެ ލައްކައަށްވުރެ ގިނަ މީހުންނަށް ވޯޓްލުމުގެ ހައްގު ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން މިއަދު ބުނެފިއެވެ.

Ads by MWSC

އެކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކަައުންސިލް އިންތިހާބުގައި ވޯޓްލުމުގެ ހައްގު 272،480 މީހަކަށް ލިބިފައިވާ ކަމަށާއި ވޯޓް ކަރުދާސް ޗާޕު ކުރާނީ އެ އަދަދުގެ އެއް ޕަސެންޓް އިތުރަށް ކަމަށެވެ.

މިއަަހަރުގެ އޭޕްރިލް މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބަށް ވޯޓްކަރުދާސް ޗާޕު ކުރުމަށް މި މަހުގެ 22 ވަނަ ދުވަހު ހަވާލުކުރާނެ ކަމަށް ވެސް އީސީ ޝަރީފު ވިދާޅުވިއެވެ.

އެކޮމިޝަންގެ ރައީސް ވިދާޅުވީ ވޯޓުކަރުދާސް ޗާޕުކުރަން ހަވާލުކުރާ ކުންފުނި ގާނޫނުގައި ބުނާ ތާރީހުގެ ކުރިން އިއުލާނު ކުރައްވާނެ ކަމަށެވެ.

ގާނޫނު ބުނާގޮތުން ވޯޓް ކަރުދާސް ޗާޕުކުރާނެ ކުންފުނި އިއުލާނު ކުރަން ޖެހެނީ އިންތިހާބު ބޭއްވުމުގެ ފަސް ދުވަސް ކުރިންނެވެ. އޭގެ ކުރިން އެ މައުލޫމާތު ހާމަކުރުމަކީ މަނާ ކަމެކެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި ކައުންސިލްތަކުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބަށް ވޯޓްދެވޭ 272،480 މީހުންގެ ތެރޭގައި ހިމެނެނީ އަތޮޅުތަކުގެ ރައްޔިތުންގެ ތެރެއިން 220،981 މީހަކާއި މާލެ ސިޓީއަށް ނިސްބަތްވާ 51،499 މީހެކެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!