އިންތިހާބަކާނުލާ އެމްޑީޕީއަށް 21 ގޮނޑި، އިދިކޮޅަށް ކާމިޔާބު ވެފައެއް ނުވޭ
ކުރިއަށް އޮތް ލޯކަލް ކައުންސިލު އިންތިހާބުގައި، އިންތިހާބަކާނުލާ ވެރިކަން ކުރާ އެމްޑީޕީ އަށް 21 ގޮނޑި ކަށަވަރު ވެއްޖެއެވެ.
އެމްޑީޕީއަށް 21 ގޮނޑީގެ ތެރެއިން 8 ގޮނޑި އެޕާޓީއަށް ކަށަވަރުވެފައި ވަނީ ވާދަކުރި ބައެއް ކެނޑިޭޓުން ނަން ނެގުމުންނެވެ. އަނެއް ގޮނޑިތައް ކަށަވަރު ވެފައި ވަނީ ކުރިން އިންތިޚާބަށް ހުޅުވާލުމުން އިންތިޚާބު ކުރަން ޖެހޭ އަދަދަށްް ކުރިމަތިލާފައި ވުމުންނެވެ.
އިލެކްޝަންސް ކޮމިޝަންގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވީ، ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުން ތަރައްޤީކުރާ ކޮމެޓީތަކުގެ އިންތޚާބަށް ކުރިމަތިލީ މީހުންގެ ތެރެއިން ނަން އަނބުރާ ގެންދިޔުމަށް ހުޅުވާލި ފުރުސަތުގައި 308 ނަމެއް ނަގާފައިވާ ކަމަށެވެ.
އެގޮތުން ކައުންސިލް އިންތިޚާބުގެ 10 މަގާމަކަށް 15 ކައުންސިލަރުން ހޮވިފައިވާކަމަށް ޝަރީފު ވިދާޅުވިއެވެ. މީގެތެރެއިން 8 ގޮނޑި އެމްޑީޕީއަށް ލިބިފައިވާއިރު އަނެއް 7 ގޮނޑި ކާމިޔާބު ކޮށްފައި ވަނީ އަމިއްލަ ގޮތުން ވާދަކުރި ކެނޑިޑޭޓުންނެވެ. މި އަދަދުތަކާ އެކު ކައުންސިލްތަކުގެ 22 މަގާމަކަށް 30 މެމްބަރުން މިވަނީ މިހާރު ގޮނޑި ކަށަވަރުވެފައެވެ.
ކައުންސިލް ރައީސްކަން އެމްޑީޕީއަށް ކަށަވަރުވި
- ނ. މިލަދޫ ކައުންސިލްގެ ރައީސްކަމަށް އަބްދުލް މަޖީދު މުހައްމަދު ( އެމްޑީޕީ )
- ނ. މަގޫދޫ ކައުންސިލްގެ ރައީސްކަމަށް ފަތުހުއްﷲ ނަސީރު ( އެމްޑީޕީ )
- އއ. މާޅޮހު ކައުންސިލްގެ ރައީސްކަމަށް އިސްމާއިލް ނަސީރު ( އެމްޑީޕީ )
- ނ. މާފަރު ކައުންސިލްގެ ރައީސްކަމަށްް މުހައްމަދު އަދުނާނު ( އެމްޑީޕީ )
- ނ . ކުޑަފަރީ ކައުންސިލްގެ ރައީސްކަމަށް އަލީ ޝަމީމް މުހައްމަދު ( އެމްޑީޕީ )
- ހދ. ވައިކަރަދޫ ކައުންސިލްގެ ރައީސްކަމަށް އަބްދުﷲ ޒާމިރު ( އެމްޑީޕީ )
- ވ. ތިނަދޫ ކައުންސިލްގެ ރައީސްކަމަށް ޝިފާޤް ހުސެއިން ( އެމްޑީޕީ )
ކައުންސިލް މެމްބަރުކަން އެމްޑީޕީއަށް ކަށަވަރުވި
- މާލެ ސިޓީ ގަލޮޅު އުތުރު ދާއިރާ މެމްބަރުކަމަށް މުހައްމަދު ސައިފް ފާތިހް ( އެމްޑީޕީ)
- ސ. ހުޅުދޫ ދާއިރާގެ ކައުންސިލް މެމްބަރުކަމަށް ހުސެއިން ފައިޒުއް ރަހްމާން ( އެމްޑީޕީ)
- ސ. ހިތަދޫ ހޮރުވަލުދާއިރާ ކައުންސިލް މެމްބަރުކަމަށް އިބްރާހިމް ޝީނާޒް ( އެމްޑީޕީ )
- ހއ މޮޅަދޫ ކައުންސިލް އަންހެނުނަށް ހާއްސަ ގޮނޑިއަށް އައިމިނަތު އަރޫޝާ ( އެމްޑީޕީ )
- ވ. ރަކީދޫ ކައުންސިލް އަންހެނުނަށް ހާއްސަ ގޮނޑިއަށް ސާދިޔާ އަބްދުލްމުހްސިން ( އެމްޑީޕީ )
- މ. ދިއްގަރު ކައުންސިލްގެ މެމްބަރުކަމަށް އިސްމާއިލް މާހިދު ( އެމްޑީޕީ )
- ތ. ކަނޑުދޫ ކައުންސިލްގެ ރައީސްކަމަށް އަހްމަދު ރީހާން ( އެމްޑީޕީ )
- ސ. ހިތަދޫ ބޭރުމަތި ދާއިރާގެ އަންހެނުންނަށް ހާއްސަ ގޮނޑިއަށް މަރިޔަމް ސައީދާ ( އެމްޑީޕީ )
- ނ. ކުޑަފަރީ ކައުންސިލް އަންހެނުންނަށް ހާއްސަ ގޮނޑިއަށް ދިމްޝާ އަބްދުލްމަޖީދު ( އެމްޑީޕީ )
- ނ. ކުޑަފަރީ ކައުންސިލް އަންހެނުންނަށް ހާއްސަ ގޮނޑިއަށް ހުމާމު އުބްދުއްރަހީމް ( އެމްޑީޕީ )
- އއ. ހިމަންދޫ ކައުންސިލް އަންހެނުންނަށް ހާއްސަ ގޮނޑިއަށް އަރޫޝާ އަބްދުﷲ ( އެމްޑީޕީ )
- އއ. ހިމަންދޫ ކައުންސިލް އަންހެނުންނަށް ހާއްސަ ގޮނޑިއަށް ފާތިމަތު އަނޫޝާ އަހްމަދު (އެމްޑީޕީ)
- އއ . މާޅޮހު ކައުންސިލްގެ މެމްބަރުކަމަށް މުހައްމަދު ނާފިޒު ( އެމްޑީޕީ )
- އއ . މާޅޮހު ކައުންސިލްގެ މެމްބަރުކަމަށް ފަޒީލް އަހްމަދު ( އެމްޑީޕީ )
ނަން އަނބުރާ ނެގުމުން އިންތިޚާބުވި އަމިއްލަ ކެނޑިޑޭޓުން
- ހއ ތުރާކުނު ކައުންސިލް އަންހެނުނަށް ހާއްސަ ގޮނޑިއަށް ހުސްނާ އިބްރާހިމް ( އަމިއްލަ )
- ހއ ތުރާކުނު ކައުންސިލް އަންހެނުނަށް ހާއްސަ ގޮނޑިއަށް މަރިޔަމް ފަރްޝާ ( އަމިއްލަ )
- ހއ މޮޅަދޫ ކައުންސިލް އަންހެނުނަށް ހާއްސަ ގޮނޑިއަށް ސަފީނާ އަބްދުއްރަޝީދު ( އަމިއްލަ )
- އދ ހަންޏާމީދޫ ކައުންސިލްގެ މެމްބަރުކަމަށް ހަސަން އަޝްރަފް ( އަމިއްލަ )
- އދ ހަންޏާމީދޫ ކައުންސިލްގެ މެމްބަރުކަމަށް މުހައްމަދު ޝާފީ ( އަމިއްލަ )
- ވ. ރަކީދޫ ކައުންސިލް އަންހެނުނަށް ހާއްސަ ގޮނޑިއަށް އައިމިނަތު ޝީޒާ ( އަމިއްލަ )
- މ. ދިއްގަރު ކައުންސިލްގެ މެމްބަރުކަމަށް އިބްރާހިމް ހަލީލް ( އަމިއްލަ )
- އއ. ބޮޑުފުޅަދޫ ކައުންސިލް ރައީސްކަމަށް ސުޖާއު އާދަމް ( އަމިއްލަ )
- ދ. ރިނބިދޫ ކައުންސިލްގެ ރައީސްކަމަށް އަހްމަދު އިގްބާލު އަބްދުލްޤައްޔޫމް ( އަމިއްލަ )