ޚަބަރު

ރާއްޖެއިން ބޭރުކުރަން އުޅުނު 1.1 މިިލިއަން ރުފިޔާ އަތުލައިގެންފި

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ކަސްޓަމްސްއަށް ޑިކްލެއަރ ނުކޮށް ރާއްޖެއިން ބޭރުކުރަން އުޅުނު ގިނަ އަދަދެެއްގެ ފައިސާ ކަސްޓަމްސް އިން އަތުލައިގެންފިއެވެ.

Ads by MWSC

ކަސްޓަމުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ފެބްރުވަރީ 12 ވަނަ ދުވަހުގެ ހެނދުނު 7:30ގައި ބަންގްލަދޭޝްގެ ޑާކާއަށް ފުރުމަށް ހަމަޖެހިފައިވާ މޯލްޑިވިއަންގެ ފްލައިޓް Q2 502 އިން ފުރުމަށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ދިޔަ ބަންގްލަދޭޝްގެ ފިރިހެނެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާތަކެއް ފެނިފައިވާ ކަމަށެވެ.

ކަސްޓަމްސް އިން އިތުރަށް ބުނީ، މި ފައިސާއަކީ އެތަނަށް ރިޕޯޓްކޮށްފައިވާ ފައިސާ ނޫން ކަމަށާއި، އަތުލައިގަނެވުނު ފައިސާގެ ޖުމްލަ އަދަދު ދިިވެހި ފައިސާއިން ބަލާނަމަ 1،148،278،27 އަށް އަރާ ކަމަށެވެ. އަދި މި މީހާ ހައްޔަރުކޮށް މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ކަސްޓަމުން ބުނެއެވެ.

މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމާއި ބެހޭ ގާނޫނުގެ ދަށުން، 10،000 އެމެރިކާ ޑޮލަރު ނުވަތަ އެއަށްވުރެ މަތީ އަދަދެއްގެ އެމެރިކާ ޑޮލަރު ނުވަތަ އެ އަދަދަށްވާ ދިވެހި ރުފިޔާ ނުވަތަ ބޭރު ފައިސާ ރާއްޖޭ އެތެރެކޮށް ނުވަތަ ބޭރު ކުރާނަމަ ކަސްޓަމްސްއަށް ޑިކްލެއަރކުރަން ޖެހެއެވެ

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!