މި މީހާ ހެލިކޮޕްޓަރެއް ގަތީ ކިރު ވިއްކަން

މަހާރަސްތުރާ، އިންޑިއާ: ކިރުގެ ބާވަތްތައް ވިއްކުމުގެ ވިޔަފާރި ކުރިއެރުވުމަށްޓަކައި އިންޑިއާގެ ވިޔަފާރިވެރިއަކު ހެލިކޮޕްޓަރެއް ގަނެފިއެވެ.
މި ހެލިކޮޕްޓަރު ގަތުމަށްޓަކައި އޭނާ ވަނީ 30 ކްރޯޑް އިންޑިއާ ރުޕީސް ހޭދަކޮށްފައެވެ.
ބޭރުގެ މީޑިއާތަކަށް މައުލޫމާތު ދެމުން، މިމީހާ ބުނީ ކިރު ޑެލިވަރ ކުރުމަށްޓަކައި ވަރަށް ދުރު ތަންތަނަށް ވެސް ދަތުރު ކުރަން ޖެހޭ ކަމަށެވެ. އެގޮތުން، ޕަންޖާބް، ގުޖްރާތު އަދި ރާޖަސްތާން އޭނާ ވަނީ ފާހަގަ ކޮށްފައެވެ.
އިންޑިއާގެ ހުރިހާ ސިޓީ ތަކަކީ އެއާޕޯޓްތައް އޮންނަ ސިޓީތަކަށް ނުވާތީ ދަތުރު ކުރުމަށް ވަރަށް ގިނަ ވަގުތު ހޭދަވާ ކަމަށް އޭނާ ބުންޏެވެ. އެހެންކަމުން އެކުވެރިއެއްގެ ލަފަޔާއެކު ހެލިކޮޕްޓަރެއް ގަތުމަށް ނިންމީ ކަމަށް ވެސް އޭނާ ބުނެއެވެ.
އޭނާ ވަނީ ހެލިކޮޕްޓަރު ޖެއްސުމަށްޓަކައި "ހެލިޕެޑް"އެއް ޤާއިމުކުރުމުގެ މަސައްކަތް ފަށާފައެވެ. އަދި ހެލިކޮޕްޓަރު ބާއްވަން ގަރާޖެއް ވެސް އޭނާ ވަނީ ހޯދާފައެވެ. ހަމައެހެންމެ އޭނާ ވަނީ ހެލިކޮޕްޓަރު ދުއްވަން ޕައިލެޓެއް ވެސް ހޯދާފައެވެ.