ޚަބަރު

ކުޑަ ކުދިންނަށް ޖިންސީ ގޯނާ ކުރަން ޖެހިލުންވާވަރު ކުރާނަން: ޕީޖީ

ރައުފާ ރަޝީދު ، ދެން އޮންލައިން

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމަކީ ދިވެހިން ކުރަން ޖެހިލުން ވާވަރު ކަމަކަށް ހައްދަވާނެ ކަމަށް ޕްރޮސިކިއުޓާ ޖެނެރެލް (ޕީޖީ) ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ޝަމީމު މިފަދައިން ވިދާޅުވީ މިއަދު އޭނާގެ އަމިއްލަ ބްލޮގުގައި ޝާއިޢު ކުރެއްވި ލިޔުއްވުމެއްގައެވެ. ޝަމީމު ވިދާޅުވީ 2020 ވަނަ އަހަރު ކޮންމެ މަހަކަށް އެވެރުޖުކޮށް 19 މައްސަލާގައި ދައުވާ ކޮށްފައި ވާނެ ކަމަށެވެ. އެއީ 2019 ވަނަ އަހަރާ އަޅާބަލާއިރު މަހެއްގެ މައްޗަށް އެވެރެޖުކޮށް 6 މައްސަލަ އިތުރު މިންވަރެއް ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

އަދި ކުޑަކުދިންނާމެދު ޖިންސީ ޢަމަލު ކުރާ މީހުންގެ މައްސަލަތައް ބާރަށް ކުރިއަށް ގެންގޮސް، އެކަން ރާއްޖޭގައި މީހުންނަށް ކުރަން ޖެހިލުން ވާވަރުގެ ކަމަކަށް ހައްދަވާނެކަމަށް ޝަމީމް ފާހަގަ ކުރެއްވިއެވެ.

ފާއިތުވި އަހަރު ހުށަހެޅި މައްސަލަތަކުގެ ތެރެއިން 207 މައްސަލައެއް ކޯޓުތަކުގައި ހިނގަމުން އަންނަ ކަމުގައި ވެސް އޭނާ ލިޔުއްވިއެވެ.

ޝަމީމު އިތުރަށް ވިދާޅުވެފައި ވަނީ ތަފާސްހިސާބުތައް އެއްކޮށް މިބާވަތުގެ ކުށްތައް ކުރާ މީހުންގެ އުމުރާއި، ކުށްކުރާ ތަނާއި، އަތޮޅާއި ރަށާއި މީހުންގެ ފަސްފަހަތް ބަލަމުން ގެންދަވާ ކަމަށެވެ.

  1. މުހައްމަދު އަންޖުމް

    ހަމަހުސް ދޮގު އެހެންވީމަތާ ހޯރަވެސް ނެރިފަ އެހުރީ މިކަހަލަ ކިތައްމީހުން އެތިބީ ކޮންމެސް މަތީމަގާމަކަށް ލާން އެކަހަލަ ޖާހިލުން ޝަމީމްމެންގެ ބާރު އޮތީމަ ނިކުމެ މިނިވަންކަންމަތީ އެތިބައުޅެނީ ބަލަގަ ބަހެއްބުނުމަކުން އަދި އެނިމުނީކީނޫން އަމަލީސިފަގެނައުން މުހިއްމީ ތިޔަތަންވެސް ދުނިޔޭގަހުރިއްޔާ ފެންނާނެތާ !

  2. ޑިރާސާ

    އެހެން ވެގެންތޯ މަޤާމާ ޙަވާލުވެފަ އިސްތިޢުނާފުގައޮތް މުދިމުގެ މައްސަލަ އަނބުރާ ގެނެސް އޭނަ އަށް ޙިމާޔަތް ދިނީ. ބޯހަލާކު؟