ޚަބަރު

މާދަމާ ވެކްސިން ޖަހައިނުދޭނެ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން
ވެކްސިން ޖެހުމަށް ކިއު ހަދާފައި.. ދެން އިމޭޖްްސް/އިބްރާހީމް ޝަމްވީލް

ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖަހާ ވެކްސިން ޖަހައި ދިނުމުގެ ހިދުމަތް މާދަމާ ކުރިއަށް ނުދާނެ ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

Ads by Sosun Fihaara

އެޗްޕީއޭއިން ބުނީ ވެކްސިން ޖެހުން ދެން އޮންނާނީ ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް ކަމަށެވެ.

ރާއްޖެއިން މިއަދުވެސް 818 މީހުންނަށް ވަނީ ވެކްސިން ޖަހާފައެވެ. އެއީ އަތޮޅުތެރެއިން 1،820 މީހުންނަށާއި، އަދި މާލެ ސަރަޙައްދުން 5،998 މީހުންނަށެވެ.

އަދި މިހާތަނަށް މުޅި ރާއްޖެއިން ޖުމްލަ 64,048 މީހުންނަށް ވެކްސިން ދީފައި ވެއެވެ.

މާލެ ސަރަޙައްދުގައި ވެކްސިން ދިނުމަށް ގާއިމް ކޮށްފައިވާ 6 ސެންޓަރުން މިހާތަނަށް ޖުމްލަ 49,836 މީހުންނަށް ވެކްސިން ދީފައިވާއިރު އަތޮޅުތެރޭގެ ދެ ސެންޓަރުން މިހާތަނަށް ޖުމްލަ 14,212 މީހަކަށް ވެކްސިން ދީފައި ވެއެވެ. އަދި ރިސޯޓުތަކުން 219 މީހަކަށް ވެކްސިން ދީފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!