މަދުން ނޫނީ ނުފެންނަ ހުދު ކާޅެއް ގިނަ ބައެއްގެ ސަމާލުކަމަށް

އަޔަރލޭންޑްގެ ކެރިގަންސް އިން މަދުން ނޫނީ ނުފެންނަ ބާވަތުގެ ހުދު ކުލައިގެ ކާޅެއް ފެނިއްޖެއެވެ.
ދޫންޏާ ބެހޭގޮތުން އެކި ކަހަލަ ކަންކަން ދިރާސާ ކުރާ ފަރާތެއް ކަމަސްވާ ނިއެލް ހެޗް ބުނާ ގޮތުގައި މިއީ އޭނާ އަށް ހުދު ކާޅެއް ފެނުނު ފުރަތަަމަ ފަހަރެވެ. އަދި މިއީ ވަރަށް މަދުން ނޫނީ ނުފެންނަ ބާވަތެއްގެ ކާޅެއް ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.
މީގެ އިތުރުން އޭނާ ބުނީ ކުރިން ރިޕޯޓްތަކުން ހުދު ކާޅުގެ ވާހަކަ އަޑު އަހާ ކަމަށާއި ނަމަވެސް މިފަހަރު ނޫނީ ހަމަލޮލަށް ހުދު ކާޅެއް ފެނުމުގެ ނަސީބު ލިބިފައި ނުވާ ކަމަށެވެ. އަދި އޭނާ ބުނާ ގޮތުގައި މި ހުދު ކާޅާއި ހުދު ކުލައިގެ އެހެން ދޫނިތަކާއި ވަރަށް ތަފާތުކަމެއް ހުރެއެވެ.

ހުދު ކުލައިގެ މިފަދަ ކާޅު މަދުން ނަމަވެސް ފެންނަނީ ޔޫރަޕުގެ ގައުމުތަކުންނާއި ނޯތު އެފްރިކާ އަދި އޭޝިއާގެ ބައެއް ސަރަހައްދު ތަކުންނެވެ.
ހުދު ކުލައިގެ ކާޅަކީ ވަރަށް އުމުރު ކުރު އެއްޗެކެވެ. އެގޮތުން އެސޮރުގެ އުމުރަކީ 7 އަހަރާއި 10 އަހަރާ ދެމެދުގެ މުއްދަތެއް ކަމަށް ވެއެވެ. އަދި މިއީ ދިިރިހުރުމަށް ވަރަށް ގިނަ އުނދަގޫތަކާ ކުރިމަތިލާން ޖެހޭ ދޫންޏެއް ކަމަށް ވެސް ނިއެލް ހެޗް ފާހަގަ ކުރެއެވެ. ސަބަބަކީ ހުދު ކުލައިގެ ދޫންޏަކަށް ވުމުން ހިޔަޅުތަކާއި ބާޒުތަކުގެ ލޮލުގައި ފަސޭހައިން އަޅައިގަންނާނެތީއެވެ.
ހުދު ކުލައިގެ މި ކާޅު ގިނަ ބައެއްގެ ސަމާލުކަމަށް އައިސްފައިވާއިރު، އެތައް ބަޔަކު ދަނީ މި ކާޅުގެ ރީތިކަމުގެ ވާހަކަ ދައްކަމުންނެވެ.
ދޮންހިޔަލަ އިޒް ނިޔާބައި
އަލްބީނޯ ބާޑް