“ކޮބާ މަގޭ ފްލެޓް” އިހުތިޖާޖު ފަށައިފި

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްއާއި ޕީޕަލްސް ނެޝަނަލް ކޮންގްރެސް ހިމެނޭ ކޮންގްރެސް ކޯލިޝަނުން ކުރިއަށް ގެންދާ “ކޮބާ މަގޭ ފްލެޓް”އިހުތިޖާޖު ފަށައިފިއެވެ.
ޕީޕީއެމް އޮފީސް ކުރިމަތިން ފެށި މި އިހުތިޖާޖުގައި އިދިކޮޅު ކޯލިޝަންގެ ލީޑަރޝިޕް ހަރަކާތްތެރި ވަމުން އަންނައިރު ގިނަ އަދަދެއްގެ މީހުން ވެސް މި އިހުތިޖާޖުގައި ދަނީ ބައިވެރި ވަމުންނެވެ.
މުޒާހަރާ ހުއްޓުވުމަށް ފުލުހުން ދަނީ ހަރަކާތްތެރި ވަމުންނެވެ. އެގޮތުން އޯކިޑްމަގުން ފުލުހުން މުޒާހަރާގެ ބައިވެރިން ހުއްޓުވަން ޕެޕަރ ސްޕްރޭ ޖަހާ ހިނގި ކުރިމަތި ލުމުގައި ތެރޭގައި ޗެނަލް13 ގެ ނޫސްވެރިއަކަށް އަނިޔާވެ ހޮސްޕިޓަލަށް ގެެންގޮސްފައިވެއެވެ.
މުޒާހަރާގެ ބައިވެރިން ސަލްސާ ރޯޔަލްއާ އަރާ ހަމަވި ތަނުން އަނެއްކާ ވެސް ފުލުހުން ވަނީ ޕެޕަރ ސްޕްރޭ ޖަހާފައެވެ.
ގިނަ ބަޔަކު ބައިވެެރިވި މި މުޒާހަރާ ރޫޅާލައި ބައިބައިކޮށްލުމާއެކު މުޒާހަރާގެ ބައިވެރިން ވަނީ އެކި ދިމަދިމާއަށް ބެހިފައެވެ. އެކި ގުރޫޕްތަކާއެކު މުޒާހަރާ ނިންމާލީ 6:00 ގައި ޕީޕީއެމް އޮފީސް ކައިރިންނެވެ.