ދީން

އަނދިރިކަމަށްފަހު އަލިކަންވޭ، އެއްވެސް ތޫފާނެއް އަބަދަކު ދެމިއެއް ނޯންނާނެ: މުފްތީ މެންކް

ދެން އެމްވީ ، ދެން އޮންލައިން

ދުނިޔޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ އިސްމާއިލް މެންކް މިރޭ ދެއްވާފައިވާ ނަސޭޙަތުގެ ބަސްކޮޅެއް ހިއްސާ ކޮށްލާނަމެވެ.

Ads by Sosun Fihaara

"ކޮންމެ ކަމެއްގެ ވެސް ފެށުމަކާއި ނިމުމެއް ވެއެވެ. އެހެންކަމަށްވާއިރު މިވަގުތު ތިހުރި ހާލާއިމެދު އެވަރަށް ފިކުރު ބޮޑުވަނީ ކީއްވެހެއްޔެވެ؟

ޓަނެލުގެ އަނެއް ކޯޅުގައި ވަނީ އަލިކަމެވެ. އެއްވެސް ތޫފާނެއް އަބަދަކު ދެމިއެއް ނޯންނާނެއެވެ. ހިތަށް އަނެއްކާވެސް ލޯބިވެވޭނެއެވެ. ތިބާގެ ދިރިއުޅުމުގައި ދެން ކުރިމަތިވާނެ ކަންތައްތަކާއިމެދު ތިބާ އާޝޯޚުވާނެއެވެ. އަހަރެމެން ހެއްދެވި ފަރާތް ޙަޟްރަތުން ގިނަގިނައިން ދެއްވުން އެދި ދުޢާ ކުރާށެވެ."

މިއީ ކަމަކާއި މާޔޫސްވެ، ގޮތް ހުސްވެފައި ހުރި މީހަކަށް ވަރަށް ވެސް ރަނގަޅު ނަސޭޙަތަކަށް ވާނެއެވެ. އުންމީދު ކުރާށެވެ. ހިތްވަރު ކުރާށެވެ. އަދި އެކަމަށް އެދި ދުޢާ ވެސް ކުރާށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!