މުޅި މާލެއިން ކަރަންޓް ގޮސްފައިވަނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން: ސްޓެލްކޯ

މުޅި މާލެއިން ކަރަންޓު ކެނޑުނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ބުނެފިއެވެ.
މުޅި މާލެއިން ކަރަންޓު ކެނޑިފައިވަނީ މީގެ އިރުކޮޅެއް ކުރިންނެވެ. ސްޓެލްކޯ އިން ބުނީ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން ކަމަށެވެ. އަދި މިކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް ސްޓެލްކޯއިން ވަނީ މަޢާފަށް އެދިފައެވެ.

Ads by Ooredoo