ޚަބަރު

ކޮވިޑް-19: ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ކޮވިޑް-19 ޖެހިގެން ފަރުވާ ހޯދަމުން އައި ހަސަން އަލި މަނިކު (ކޮއްޔަ ހަސަން މަނިކު) ނިޔާވެއްޖެއެވެ.

Ads by STELCO

ކޮއްޔަ ހަސަން މަނިކު ނިޔާވީ މިއަދު ހެނދުނު 10:11 ގައެވެ.

ނިޔާވިއިރު އުމުރަކީ 67 އަހަރެވެ. އޭނާ ނިޔާވީ ދަރުމަވަންތަ ހޮސްޕިޓަލުގައި ކޮވިޑް-19 އަށް ފަރުވާ ހޯދަމުން އަންނަނިކޮށެވެ.

މިއީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް-19 ޖެހިގެން ނިޔާވި ދެވަނަ މީހާއެވެ.

ރޭ ދަންވަރު ވެސް ކޮވިޑް-19 ޖެހިގެން ވަނީ 63 އަހަރުގެ ދިވެހި އަންހެނަކު ނިޔާވެފައެވެ. އެއީ ވެސް ދަރުމަވަންތަ ހޮސްޕިޓަލުގައި ހުންނަ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން އައި މީހެކެވެ.

މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވާ، ފާފަ ފުއްސަވާ ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މި ހިތްދަތި ވަގުތުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!