ބޭއިންސާފާއި އަނިޔާވެރިކަން ބޮޑުވެފައި ވާތީ ދިވެހިން އެދެނީ އިންޑިއާގެ އެހީއަށް: ޖަމީލް

ދިވެހި ސަރުކާރުގައި ބޭއިންސާފާއި އަނިޔާވެރިކަން ބޮޑުވެފައިވާ ކަމަށާއި މި ހާލަތުގައި ބޮޑެތި ޑިމޮކްރެޓިކް ގައުމުތަކުގެ އެހީ ދިވެހިންނަށް ބޭނުންވާ ކަމުގައި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ. ސުބްރަމަންޔަން ޖައިޝަންކަރު އާއި ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އަނުރާގް ސްރިވާސްތަވާގެ އިތުރުން އދ. ގެ ހިއުމަން ރައިޓްސް ކައުންސިލް ޓެގް ކުރައްވައި ޑރ. ޖަމީލް ކުރެއްވި ޓްވީޓުގައި ވިދާޅުވީ ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމަށާއި ނޫސްވެރިކަަމާ ދެކޮޅަށް މިކުރާ މަސައްކަތްތަކަކީ ސީދާ ގާނޫނު އަސާސީއާ ޚިލާފު ކަމެއް ކަމަށެވެ.
އިދިކޮޅު ފަރާތްތަކުން އިއްޔެ ބޭއްވި މުޒާހަރާގެ ތެރެއިން ޗެނަލް13ގެ ބައެއް ނޫސްވެރިންނަށް ފުލުހުންގެ ފަރާތުން ލިބުނު އަނިޔާތަކުގެ ފޮޓޯ ހިއްސާ ކުރައްވައި ޖަމީލް ވަނީ ރާއްޖޭގައި "ސިޔާސީ" ދައުވާތަކާއި ޖިންސީ ފުރައްސާރަ ފަދަ ސީރިއަސް ތުހުމަތުތައް ކުރެވިފައިވާ މި ސަރުކާރުގެ ސިޔާސީ ނުފޫޒުގަދަ ބޭފުޅުންގެ އަރިސް މީހުންނަށް "ހިމާޔަތް ދިނުން" ފަދަ ކަންކަން ކުރަމުންދާ ކަން ފާހަގަ ކުރައްވާފައެވެ.
ޖަމީލު އިޝާރާތް އެ ކުރެއްވީ ޖިންސީ ގިނަ ތުހުމަތުތަކެއް ކުރެވުނު ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރުވާލުމަށެވެ.
ޖަމީލުތިވާހަކަ ދައްކަން އެއްމެރަގަޅުމީހާ