ޚަބަރު

ރާއްޖޭގެ ކުރިއެރުމާއި ތަރައްގީވަނީ އިންޑިއާ އާ ގުޅިފައި: ރައީސް ނަޝީދު

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން
ދެން އިމޭޖްސް/ އިބްރާހިމް ޝަމްވީލް

ދިވެހިރާއްޖޭގެ ތަރައްގީއާއި ކުރިއެރުން ވަނީ އިންޑިއާ އާއި އިންޑިއާގެ ކުރިއެެރުމާ ގުޅިފައި ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by STELCO

އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ.ސުބްރަބާނިއަމް ޖައިޝަންކަރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު އެކުވެނި ޓްރެކްގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އިންޑިއާއަކީ މުޅި ދުނިޔޭގައި ވެސް އެންމެ ބާރަށް ތަރައްގީވެ، ކުރިއަރަމުން އަންނަ އެއް ގައުމު ކަމަށެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ރާއްޖެއާ އަބަދުވެސް ގާތްކަމެއް ބާއްވާ އިންޑިއާއިން، ރާއްޖެއަށް ކުރިމަތިވާ ކޮންމެ ދަތިކަމެއްގައި އެންމެ ފުރަތަމަ އެހީވާ ކަމަށެވެ. އެގޮތުން އެއީ ބަގާވާތަކަށް ވިއަސް، އަދި ފެން ނެތިގެން އުޅެން ޖެހުނަސް، ބޮޑު ރާޅެއް އެރިކަމުގައި ވިއަސް އަދި ބަލި މަޑުކަމަކަށް ވެކްސިން ޖެހުން ކަމުގައިވީ ނަމަވެސް ރާއްޖެއަށް އެންމެ ފުރަތަމަ އެހީ ވަނީ އިންޑިއާއިން ކަން ނަޝީދު ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން މި ސަރުކާރުގެ ޚާރިޖީ ސިޔާސަތަކީ “އިންޑިއާ ފުރަތަމަ” ކަން ފާހަގަ ކުރައްވާ ނަޝީދު ވިދާޅުވީ ދިވެހިރާއްޖޭގެ ތަރައްގީ އެއްވެސް ޝައްކެއްނެތް ގޮތުގައި ގުޅިފައި އޮތީ އިންޑިއާގެ ކުރިއެރުމާއި، އިންޑިއާ ކަނޑުގެ ހަމަޖެހުމާ ކަމަށެވެ.

އަދި އިންޑިއާ އާ ރާއްޖެއާ ދެމެދު މުހިންމު އެއްބަސްވުންތަކެއްގައި ސޮއި ކުރެވިގެންދާނެ ކަން ފާހަގަ ކުރައްވާ ނަޝީދު ވިދާޅުވީ ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި ސޮއި ކުރެވޭ އެއްބަސްވުންތަކުން ދިވެހިންގެ ދިރިއުޅުން ބާއްޖަވެރި ވެގެންދާނެ ކަމަށެވެ.

  1. ޖާނޭ

    ޜާއްޖޭގެ ކުރިއެރުންވަނީ ކެނެރީގޭ ފާޚާނައާ ގުޅިފައި.