ލުއި ޚަބަރު

ބަލިވެއިން އަނބިމީހާ މަރާލީ ލައިފް އިންޝިއުރެންސްގެ ބޭނުމުގައި

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ތުރުކީގެ ފިިރިހެނަކު ލައިފް އިންޝިއުރެންސްގެ ބޭނުމުގައި ބަލިވެއިން އަނބިމީހާ މަރާލައިފިއެެވެ.

Ads by Sosun Fihaara

މިމީހާ އޭނާގެ އަނބިމީހާ މަރާލިީ ފަރުބަދައެއްގެ މައްޗަށް ޗުއްޓީގަައި ގޮސް އުޅެފައެވެ. އެގޮތުން އެތަނުގައި ދެމީހުން އެއްކޮށް ފޮޓޯ ނެގުމަށްފަހު, މިމީހާ ވަނީ އޭނާގެ އަނބިމީހާ ފަރުބަދަ މަތިން ވައްޓާލާފައެވެ. އެގޮތުން އެ އަންހެންމީހާ ވެއްޓުނީ 1000 ފޫޓު މަތިން ކަމަށާއި ވެއްޓުމާއެކު އޭނާ އާއި އޭނާގެ ބަނޑުގައިވާ ދަރިފުޅު ވެސް މަރުވީ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ އުމުރުން 40 އަހަރުގެ ހަކަން އައިސޯ ކިޔާ މީހެކެވެ. އަދި މި ހާދިސާގައި މަރުވީ އޭނާގެ 32 އަހަރުގެ އަނބިމީހާ ސެމްރާ އައިސޯއެވެ. އަދި އޭނާ މަރުވި އިރު އޭނާގެ ބަނޑަށް 7 މަސް ކަމުގައި މީޑިއާތަކުން ރިޕޯޓް ކުރެއެވެ.

ސެމްރާ މަރުވި ފަހުން އޭނާގެ ފިރިމީހާ ވަނީ އޭނާގެ އަނބިމީހާގެ ލައިފް އިންޝިއުރެންސް ހޯދަން މަސައްކަތް ކޮށްފައެވެ. އަދި އޭނާގެ ލައިފް އިންޝިއުރެންސްއަށް ވާ ފައިސާގެ އަދަދަކީ 57،000 ޑޮލަރު ކަމަށް ރިޕޯޓްތައް ބުނެއެވެ. ހަކަން އޭނާގެ އަނބިމީހާގެ ލައިފް އިންޝިއުރެންސް ހޯދަން އުޅުނު ނަމަވެސް ފުލުހުންގެ ތަހުގީގާއެކު އޭނާއަށް މިކަން ވަނީ ނުވެފައެވެ.

ފުލުހުންގެ ތަހުގީގުން ހަކަން އޭނާގެ އަނބިމީހާ މަރާލިކަން ވަނީ ސާބިތުވެފައެވެ. ސެމްރާގެ ބޭބެ ބުނާ ގޮތުގައި ސެމްރާ މަރުވުމުން ވެސް ހަކަން އެއްވެސް ގޮތަކަށް ދެރައެއް ނުވެއެވެ.

ގަސްދުގައި މީހަކު މަރާލި ކަމުގެ ކުށް ސާބިތުވެ ހަކަން މިހާރު ވަނީ އުމުރަށް ޖަލަށް ލެވިފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!