ޚަބަރު

30 އަހަރުން މަތީ އެންމެންނަށް ވެކްސިން ދޭން ފަށައިފި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން
ވެކްސިން ޖެހުމަށްފަހު މަވެސް ޖަހައިފިން ބޯޑާ އެކީ.. ދެން އިމޭޖްްސް/އިބްރާހީމް ޝަމްވީލް

އުމުރުން 30 އަހަރުން މަތީގެ އެންމެންނަށް ކޮވިޑް-19 ވެކްސިން ދޭން ފަށައިފިއެވެ.

Ads by MWSC

އެޗްޕީއޭ އިން ވިދާޅުވީ މިއަދުން ފެށިގެން، އުމުރުން 30 އަހަރު ފުރިފައިވާ ކޮންމެ މީހަކަށް ވެސް ވެކްސިން ޖެހޭނެ ކަމަށެވެ. މީގެ އިތުރުން 18 އަހަރާއި 30 އަހަރާ ދެމެދު އުމުރުފުރައިގެ މީހުންގެ ތެރެއިން ދިގު މުއްދަތަށް ބޭސްފަރުވާ ކުރާ މީހުންނަށް ވެކްސިން ދިނުން ކުރިއަށް ދާނެ ކަމަށް ވެސް އެޗްޕީއޭއިން ވިދާޅުވިއެވެ.

ވިލިމާލޭ ޒުވާނުންގެ މަރުކަޒުގައި ވެކްސިން 9:00 އިން 13:00 ވެކްސިން ޖެހުމުގެ ހިދުމަތް ކުރިއަށްދާއިރު،  ހުޅުމާލޭ ވެކްސިނޭޝަން ސެންޓަރުން ވެކްސިން ޖަހައިދޭނީ  9:00 އިން 17:00 އަށް ކަމަށެވެ.

އެޗްޕީއޭ އިން އާންމު ކޮށްފައިވާ ޑޭޓާއަަށް ބަލާއިރު އިއްޔެ ވެކްސިން ދިން 5،283 މީހުންނާއެކު މިހާތަނަށް މުޅި ރާއްޖެއިން ޖުމްލަ 70،009 މީހުންނަށް ވެކްސިން ދީފައި ވެއެވެ.

މިހާރު ރާއްޖެއިން މިބައްޔަށް ޖުމްލަ 18،612 މީހުން ފައްސި ވެފައިވާއިރު، ބަލިން ފަސޭހަ ވެފައިވަނީ ޖުމްލަ 16،061 މީހުންނެވެ. ކޮވިޑް ޖެހިގެން ރާއްޖެއިން ނިޔާވި މީހުންގެ ޖުމްލަ އަދަދު މިހާރު 60 އެވެ.

ހޮސްޕިޓަލުތަކުގައި މިހާރު ފަރުވާ ހޯދަމުން ދަނީ 162 މީހުންނެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!