ޚަބަރު

ޝިދާތާއާ ޒިއާ ކައިވެނިކޮށްފި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފާ ފިލްމީ ތަރި އަހުމަދު ޒިޔާއު (ޒިޔާ) މިއަދު ކައިވެނި ކޮށްފިއެވެ.

Ads by Hajj Corporation

ރައްޓެހިވެގެން އުޅޭތާ ހަތަރު ވަރަކަށް މަސް ފަހުން މިދެމީހުންގެ ކައިވެނީގެ މަޖިލިސް ބޭއްވީ ފެމިލީ ކޯޓުގައެވެ.

މީގެ ކުރިން "ދެން" އަށް މައުލޫމާތު ދެމުން ޒިއާ ބުނި ގޮތުގައި ކައިވެނި ޕާޓި ބާއްވަން ބޭނުންވި ނަމަވެސް ކޮވިޑް-19 ގެ ހާލަތު ހުރި ގޮތުން ބޭއްވެން ނެތީ ކަމަށެވެ.

"ވެޑިންގ ޕާޓީއެއް ވެސް ބާއްވަން ބޭނުންވި، އެކަމަކު މިހާރު ކޮވިޑްގެ ހާލަތު ހުރި ގޮތުން ޕާޓީއެއް ބޭއްވޭކަށް ނެތް." ޒިޔާ ބުނެފައި ވެއެވެ.

މި ދެމީހުން ކައިވެނި ކުރުމަށް އެންގޭޖުވެފައި ވަނީ މިދިޔަ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހުއެވެ.

ޝިތާދާ އާއި ޒިޔާވެސް މީގެ ކުރިން ކައިވެނި ކޮށްފައި ވެއެވެ. ޝިދާތާ މީގެ ކުރިން އެއް ކައިވެނި ކޮށްފައި ވާއިރު ޒިޔާ ވަނީ ދެ ކައިވެނި ކޮށްފައެވެ. ޝިދާތާ ކުރި ކައިވެނިން އޭނާއަށް ތިން ދަރިން ލިބިފައި އެބަ ތިއްބެވެ. ޒިޔާގެ ކުރީގެ ކައިވެންޏަކުން އޭނާއަށް ވެސް ދަރިއަކު ލިބިފައި ވެއެވެ.

ޝިދާތާ ޖެންޑަރ މިނިސްޓަރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ އަހަރު ކުރީ ކޮޅުގައެވެ. އިސްތިއުފާ ދެއްވުމަށްފަހު އެކަމަނާ ވިދާޅުވީ ޖެންޑާ މިނިސްޓްރީ އާއި ސަރުކާރަށް ރައްޔިތުންގެ އިތުބާރު ކުޑަވިޔަ ނުދޭން އެންމެ މަސްލަހަތު ހުރި ގޮތަކީ މަގާމުން ދުރުވުން ކަމަށް ވާތީ އިސްތިއުފާ ދެއްވިޔަސް މަގާމުގެ ޒިންމާ އަދާކުރެއްވުމުގައި އިހުމާލުވެފައި ނުވާނެ ކަމަށް ވިދާޅުވިއެވެ.

ދާދި ފަހުން ޒިޔާގެ އަމިއްލަ ސްޓޫޑިއޯއެއް ހަދައި ދެ ލަވައެއް ނެރެ ފިލްމީ މަސައްކަތްތައް ކުރަން ފަށާފައި ވެއެވެ.

Ads by Allied Insurance
  1. މާސިތާ

    ޝިދާތާ ލަވަޔަކުން ފެންނާނެކަމަށް އުއްމީދު ކުރަން.ދެމީހުންގެ ކައިވެނި ބާއްޖެވެރިކުރެއްވައި ގިނަކުދިން ދެއްވާށި.އާމީން .

  2. ޑިމޮކްރަސީ

    ބޮޑުހެދުންބާލާ ޅަކޮށްލީ ހެ ހެ ހެ

  3. ިުމަ

    ސިދާތާ އާއި ޒިޔާ ދިމާވި ގޮތް ގެނެސް ދީބަލަ