ދެ ކޭސް ބިސް، ދެ ޖޫސް ޕަކެޓް، ދެ ކޭސް ކޯލާގެ އިތުރުން ތިން ޕަކެޓް ހަނޑޫގެ ވެރިފަރާތް ހޯދަނީ
އެކި މައްސަލަ ތަކުގައި އަދި އެކި ތިހުމަތު ތަކުގައި ފުލުހުންގެ ބެލުމުގެ ދަށުގައި ވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
އެގޮތުން ފެބުރުވަރީ 16 ވަނަ ދުވަހު ދަރުމަވަންތަ ހޮސްޕިޓަލް ޕާކުތެރެއިން އާންމު ފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ދަބަހެއް (ދަބަސްތެރޭގައި: އެމްއައި ބްރޭންޑްގެ ޕަވަރ ބޭންކެއް، އައިފޯން ކޭބަލެއް، މަތިޖެހި ތައްޓެއް، ދެ ޖޫސް ޕެކެޓު) ގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ވަނީ ފަށައިފައެވެ. މި އިންސިޑެންޓަށް ދީފައިވާ އިންސިޑެންޓް ނަންބަރަކީ 479295 އެވެ.
މީގެ އިތުރުން ފެބުރުވަރީ 17 ވަނަ ދުވަހު ރައިވެރި ހިނގުމުން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއްގެ އަތުން ފެނިފައިވާ ކަރަންޓު ނަރު ރޯލެއްގެ ވެރިފަރާތް ހޯދުމަށް ވެސް ފުލުހުން ދަނީ މަސައްކަތް ކުރަމުންނެވެ. މި ނަރު ރޯލުގެ އިންސިޑެންޓް ނަންބަރަކީ 479405 އެވެ.
ފެބުރުވަރީ 19 ވަނަ ދުވަހު ފަރީދީ މަގުން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއްގެ އަތުން ފެނިފައިވާ ޝާޒިއާ ބްރޭންޑްގެ ތިން ޕެކެޓު ހަނޑޫ (އިންސިޑެންޓް ނަންބަރު 479528) ގެ ވެރިފަރާތް ވެސް ހޯދުމަށް ފުލުހުން ދަނީ މަސައްކަތް ކުރަމުންނެވެ.
ފެބުރުވަރީ 19 ވަނަ ދުވަހު ސޯސަންމަގު، އިބްރާހީމީ މިސްކިތް ކައިރިން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއްގެ އަތުން ފެނިފައިވާ ދެ ކޭސް ކޮކާކޯލާ (އިންސިޑެންޓް ނަންބަރު 479524) އަދި ފެބުރުވަރީ 19 ވަނަ ދުވަހު ރަށްދެބައިމަގުން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއްގެ އަތުން ފެނިފައިވާ ދެ ކޭސް ބިހުގެ (އިންސިޑެންޓް ނަންބަރު 479520) ވެރިފަރާތް ވެސް ހޯދުމަށް ފުލުހުން އަންނަނީ މަސަައްކަތް ކުރަމުންނެވެ.
މި ތަކެތީގެ ވެރިފަރާތް، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަންބަރު 9631696 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކޮށް، އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ހުސައިން އާދަމް ބިލްޑިންގަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލު ވުމަށް ފުލުހުން ވަނީ އެދިފައެވެ.
ބިސްތައް ކުނިނުވޭތަ