ޚަބަރު

ރޮޒެއިނާގެ ރައްދު އިހުސާނަށް: ބަޑިގުދަނޭ ކިޔާފައި އުޅުނީ ލާރި ހޯދަން

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކުރީގެ ރައީީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިނބަޅިދޫން ހޯދި ހަތިޔާރުތަކާ ގުޅޭގޮތުން އެމްއެންޑީއެފްގެ ކުރީގެ ކެޕްޓަން އަލީ އިހުސާން ޓްވިޓާގައި ދެއްކެވި ވާހަކަތަކަށް ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ރައްދު ދެއްވައިފިއެވެ.

Ads by MWSC

ޓްވިޓާގައި މުހައްމަދު އައްލާމް ލަތީފް (މޮހޯ) އަދި އަހުމަދު އިޝްފާހު އަލީގެ ފޮޓޯއަކާއެކު، އެމްއެންޑީއެފްގެ ކުރީގެ ކެޕްޓަން އިހުސާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ބ. ހިނބަޅިދޫއަށް ލޯންޗެއްގައި ހަތިޔާރު ގެންގޮސް، އެތާތިބި މީހުންނާ ހަވާލުކުރީ އެ ދެ މީހުން ކަމަށެވެ. އަދި އެ ދެމީހުން ހޯދުމަށް އިންޓަޕޯލް މެދުވެރިކޮށް ފުލުހުން ނެރުނު ނޯޓިސް ކެންސަލް ކޮށްފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

އެ ޓްވީޓަށްފަހު އިތުރު ފޮޓޯއަކާއެކު އިހުސާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ މީހާއަކީ މޮހޯ އަދި އިޝްފާހު ނިސްބަތްވާ ކުންފުނީގެ ޖެނެރަލް މެނޭޖަރުކަމަށެވެ. އަދި އޭނާއަކީ ހިނބަޅިދޫގައި ހަތިޔާރު ގެންގުޅުނު މީހެއްކަމަށް ވެސް އިހުސާން ވިދާޅުވި އެވެ.

އެއަށްފަހު ރޮޒައިނާ ޓެގްކޮށް އިހުސާން ވިދާޅުވީ އެމީހުން ގާޒީންނަށް ހެދުމަށްފަހު، އޭނާ ގައްދާރަކަށް ހެދުމުން ކަމު ނުދާނެ ކަމަށެވެ.

އިހުސާންގެ ޓްވީޓުތަކަށް ރައްދު ދެއްވަމުން ރޮޒެއިނާ ސުވާލު ކުރައްވާ ވިދާޅުވީ، އެ ދެމީހުންނަށް ހަތިޔާރު ލިބުނީ ކޮން ގޮތަކަށްތޯ އެވެ. އަދި ބަޑި ގުދަނާ ހަވާލުވެ ތިބީ އެމީހުންތޯ ވެސް ރޮޒެއިނާ ސުވާލު ކުރެއްވިއެވެ.

އެ ދެ ސުވާލުގެ ޖަވާބުގައި އިހުސާން ވިދާޅުވީ ދެ މީހުންނަށް މައާފުދީ، އިންޓަޕޯލް ރެޑްނޯޓިސް ކެންސަލްކޮށް، އިނގެރޭސިވިލާތުން ހިމާޔަތް ދިނުމުން ތި ސުވާލުގެ ޖަވާބު ނުހޯދޭނެ ކަމަށެވެ.

އެއަށް ރައްދު ދެއްވައި، ރޮޒަައިނާ ވިދާޅުވީ ސުވާލުގެ ޖަވާބު އިހުސާނަށް ވެސް ރަނގަޅަށް އެނގޭނެ ކަމަށާއި އޭރުވެސް ހަތިޔާރޭ ކިޔާ މަސައްކަތް ކޮށްފައި ވަނީ ލާރިތަކެއް ފޮރުވާފައި އޮތް ތަނެއް ނުފެނިގެން ކަމަށެވެ.

 

  1. މުހަންމަދު

    މި ރޮޒައިނާ އެބަޖެހޭ ހަމަ ބިމަށް ތިރިކޮށްލަން.

  2. ޗޮއްޕަޓޭ

    ގަރަޑަބަންގުޅި އެއްޗެއް ނޭނގުނަސް އަނގަ ތަޅާފަ ބަހައްޓާ! އެންމެން ދަނޭ ކަލެއަކީ ހުސް އަނގަ ތަޅާ މަޝްހޫރުވާހިތުން އުޅޭ ވެލިކާ ގްރޫޕް ގޮލައެއްކަން.

  3. ޒުވާނާ

    ރޮޒައިނާ ތީ މާ ހިތްމައްޗަށް އެރައިގެން އުޅޭ އަންހެނެއް.. މީނަ ވަރު މީހެއް ނެތިގެން އުޅޭ މީހެއްމީހެއްމީ

  4. ޖާނޭ

    ޢެމް.ޑީ.ޕީއަށް ދިޔުމަކީ ލަދު ކުޑަކަމާއި ނުބައި ނުލަފާ ކަމުގެ ލައިސަންސް ލިބޭ ކަމެއް. ވަރަށް ގޮތެއް ނެތް ހުތުރު ކަބަލެއް.