ދިރާގުގެ ފައިބާ ބްރޯޑްބޭންޑް ބޭނުންކުރާ ފަރާތްތަކަށް ވަރަށް ޚާއްސަ ޕްރޮމޯޝަނެއް
ރާއްޖޭގައި އެންމެ ޒަމާންވީ މުއާސަލާތީ ޚިދުމަތްދޭ ކުންފުނި ކަމަށްވާ ދިރާގުގެ ފައިބާ ބްރޯޑްބޭންޑް ބޭނުން ކުރާ ކަސްޓަމަރުންނަށް ވަރަށް ޚާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.
މިޕްރޮމޯޝަންގެ ދަށުން ދިރާގުގެ ފައިބާ ކޭބަލް އަޅާފައިވާ އިމާރާތްތަކުގައި އުޅޭ ކަސްޓަމަރުންނަށް ދިރާގު ފައިބާ ބްރޯޑްބޭންޑްގެ ހިދުމަތް ހިލޭ ގުޅައި ދޭނެ ކަމަށާއި، ރައުޓާއިން 50 ޕަސެންޓް ޑިސްކައުންޓްގެ އިތުރުން ފައިބާ ކޭބަލެއް ނެތް އިމާރާތް ތަކުގައި ދިރިއުޅޭ ކަސްޓަމަރުންނަށް ކަނެކްޝަން ޕީގެ 50 ޕަސެންޓް ޑިސްކައުންޓް ދޭނެ ކަމަށް ދިރާގުން ބުނެފައިވެއެވެ.
ދިރާގުން ފެށި މި ޚާއްސަ ޕްރޮމޯޝަން އޮންނާނީ އަންނަ މާރޗް މަހުގެ ނިޔަލަށް ކަމަށް ވެސް އެކުންފުނިން ބުނެފައިވެއެވެ.
މީގެއިތުރުން، މި ޕްރޮމޯޝަންގެ ދަށުން އަންނަ މާރޗް މަހުގެ 15 ގެ ކުރިން ފައިބާ ބްރޯޑްބޭންޑަށް އެދި ހުށަހަޅާ ކަސްޓަމަރުންގެ ތެރެއިން 25 ނަސީބުވެރިޔަކު ހޮވައި ފައިބާ ބްރޯޑްބޭންޑް ޕެކޭޖްގެ މަހު ފީން ދެ މަސް ދުވަހަށް 50 ޕަސެންޓްގެ ޑިސްކައުންޓް ދޭނެ ކަމަށް ވެސް ދިރާގުން ބުނެފައި ވެއެވެ.
ކޮވިޑް-19 ގެ ހާލަތާ ގުޅިގެން، މިދުވަސްވަރަކީ އިންޓަނެޓަށް ބަރޯސާވާން ޖެހޭ މިންވަރު ބޮޑުވެ އަސާސީ ބޭނުމަކަށް ވެފައިވާ ދުވަސްވަރެކެވެ. އެހެންކަމުން ދިރާގުގެ ފައިބާ ބްރޯޑްބޭންޑްގެ މި ޚިދުމަތާއެކު އިންޓަނެޓްގެ ޚިދުމަތް ފަސޭހަ ކަމާއެކު ލިބޭނެކަމަށް ބެލެވެއެވެ.