ލުއި ޚަބަރު

ތުއްތު ދަރިފުޅު އެނދުދަށަށް ދަމައިގަތީ ޖިންނިއެއް!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ތުއްތު ދަރިފުޅު އެނދުދަށަށް ދަމައިގަންނަ ވީޑިއޯއެއް ޓިކްޓޮކުގައި އާންމު ވެއްޖެއެވެ.

Ads by Hajj Corporation

މި މަންޒަރަކީ އެދުވަހު ރޭގަނޑުގެ 11:37 ގައި ނެގިފައިވާ ފުޓޭޖެކެވެ. ޓިކްޓޮކުގައި މި ވީޑިއޯ އާންމު ކުރެވިފައިވާއިރު، މިހާތަނަށް ހަތް މިލިއަނަށް ވުރެ ގިނަ މީހުން ވަނީ މި ވީޑިއޯ ބަލާފައެވެ އަދި 25 ހާހަށް ވުރެ ގިނަ ފަރާތްތަކުން ވަނީ މި ވީޑިއޯއަށް ކޮމެންޓު ވެސް ކޮށްފައެވެ.

ކުޑަކުޑަ ކުއްޖާ މަޑުމަޑުން އެނދުން ފައިބައިގެން އެނދު ދަށް ބެލުމަށް ބޯ ތިރިކޮށްލި ހިސާބުން މަޑުމަޑުން ކޮންމެސް މީހަކު އެ ކުއްޖާ އެ އެނދުގެ ދަށަށް ދަމައިގަންނަ މަންޒަރު އެ ވީޑިއޯއިން ފެނެއެވެ. އަދި އެ އެނދުދަށަށް ދަމައިގަންނަ ވަގުތު އެ ކުއްޖާ ރޮމުން މަންމައަށް ގޮވާ އަޑު ވެސް އެ ވީޑިއޯއަށް އަރައިފައި ވެއެވެ.

މި ވީޑިއޯއަށް ބައެއް މީހުން ކޮށްފައިވާ ކޮމެންޓުތަކަށް ބަލާއިރު، " ތިގެއަށް ޖިންނަ ގާތަށް އަހަރެން ގޮސްދާނަން. ތަޅުދަނޑި ދީފަ ކަލޭމެން ދޭ" މިފަދައިން ވެސް މީހަކު އެ ވީޑިއޯއަށް ކޮމެންޓު ކޮށްފައި ވެއެވެ.

ވީޑިއޯ

Ads by Ooredoo
  1. މުހައްމަދު

    ހުސް ފޭކު