ޚަބަރު

ހުޅުމާލޭގައި ހަދަމުންދާ އިމާރާތެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެ

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ހުޅުމާލޭގައި އިމާރާތެއްގެ ތެރެއިން މަރުވެފައި އޮތް ބިދޭސީއަކު ފެނިއްޖެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މިމީހާ ފެނިފައި ވަނީ ޓްރީޓޮޕް ހޮސްޕިޓަލް ކައިރީހުރި އާރުސީއެންސީގެ ކޮންސްޓްރަޝަން ސައިޓެއްްގައި އޮއްވައެވެ.

އެސަރަހައްދުގައި ހުރި މީހަކު "ދެން" އަށް މަޢުލޫމާތު ދެމުން ބުނެފައި ވަނީ ހަށިގަނޑު ފެނުނު އޮތީ މަރުވެފައި ކަމަށެވެ.

އެސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނައިރު، މިހާތަނަށް މިކަމުގައި ފުލުހުންގެ ރަސްމީ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.

ތަފްސީލް އަންްނަނީ..

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!