ޚަބަރު

ނައިބު ރައީސް ފައިސަލް ނަސީމް ހޮސްޕިޓަލުން ދޫކޮށްލައިފި

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް ޢަޒީޒް ވިދާޅުވީ ނައިބު ރައީސް މިހާރު ހޮސްޕިޓަލުން ދޫކޮށްލައިފައިވާ ކަމަށާއި އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅު ކަމަށެވެ.

ނައިބު ރައީސް ހޮސްޕިޓަލުގައި އެޑްމިޓް ކުރީ އަންގާރަ ދުވަހު ރޭގަނޑުގެ ވަގުތެއްގައެވެ. އެމަނިކުފާނު އެޑްމިޓް ކުރެއްވީ ގަދަ ހުމެއް އައިސްގެން ކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި އެމަނިކުފާނު ކޮވިޑް-19 އަށް ޓެސްޓު ކުރެއްވި ކަމަށާއި ނަތީޖާ ނައްސި ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.

ހޮސްޕިޓަލުން ދޫކޮށްލުމާއެކު ނައިބު ރައީސް ވެސް ވަނީ އެމަނިކުފާނަށް ހެޔޮދުއާ ކޮށްދެއްވި އެންމެހާ ފަރާތްތަކަށް ޝުކުރު އަދާ ކުރައްވާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!