މަބްރޫކް ވެސް ވެކްސިން ޖަހައިފި

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން، ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް ޢަޒީޒް ވެސް ވެކްސިން ޖަހައިފިއެވެ.
މަބްރޫކް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޮވިޑް-19އިން ރައްކާތެރިިވުމުގެ ގޮތުން ވެކްސިންގެ ފުރަތަމަ ޑޯޒް އޭނާ މިއަދު ޖަހާފައިވާ ކަމަށެވެ.
މީގެ އިތުރުން، ވެކްސިންގެ މަސައްކަތަކީ އުނދަގޫ މަސައްކަތެއް ކަމުގައި ވިޔަސް މި ބަލިމަޑުކަމާ ގުޅިގެން ކުރީ ސަފުުގައި މަސައްކަތް ކުރާ ފަރާތްތަކުން އަންނަނީ މި މަސައްކަތްތައް ފުރިހަމައަށް ކުރަމުން ކަމަށް ވިދާޅުވެ، އަމިއްލަ ނަފްސާއި އެހެން މީހުންނަށް ވެސް މި ވެކްސިން ޖެހުމަށް ބާރު އެޅުމަށް މަބްރޫކް ވަނީ ނަސޭޙަތްތެރި ވެފައެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އެންމެ ފަހުން އާންމު ކޮށްފައިވާ ސާވޭލެންސް ޑޭޓާތަކަށް ބަލާއިރު، މިހާތަނަށް ރާއްޖޭގައި 99،419 މީހަކަށް ވެކްސިން ދީފައިވެއެވެ. އެއީ މާލެ ސަރަޙައްދުން 69،725 މީހަކަށާއި އަތޮޅުތެރެއިން 29،694 މީހަކަށެވެ.