ޚަބަރު ރައްޔިތުންގެ މަޖިލިސް

މަލީހުގެ އިތުބާރު ނެތް ކަމުގެ ބަހުސް މާދަމާ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

މިނިސްޓަރ އޮފް ޓެލެކޮމިއުނިޝަންސް، ސައިންސް އެންޑް ޓެކްނޮލޮޖީ މުހައްމަދު މަލީހް ޖަމާލްގެ އިތުބާރު ނެތްކަމަށް މަޖިލީހަށް ހުށަހަޅާފައިވާ މައްސަަލައިގެ ބަހުސް މާދަމާގެ މަޖިލިސް ޖަލްސާއަށް ތާވަލް ކޮށްފިއެވެ.

Ads by MWSC

މާދަމާގެ ޖަލްސާގައި ދެ ގަޑިއިރަށް ދެމިގެންދާ މި ބަހުސްގައި މިނިސްޓަރަށް ޖަވާބުދާރީވުމަށް 30 މިނެޓުގެ ފުރުސަތެއް ލިބޭނެއެވެ.

މިނިސްޓަރު މަލީހުގެ އިތުބާރު ނެތްކަމަަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގައި އެމްޑީޕީގެ ޕީޖީ ގްރޫޕުން ވަނީ ނިންމާފައެވެ. އަދި މިނިސްޓަރު މަލީހް މަޤާމުން ވަކިކޮށްދެއްވުން އެދި ރައީސް ޞާލިހުއަށް ސިޓީފުޅެއް ވެސް ވަނީ ފޮނުވާފައެވެ.

މަލީހުގެ އިތުބާރު ނެތް ކަމަށް ބުނެ އެމްޑީޕީގެ ޕީޖީއަށް މައްސަލަ ހުށަހެޅީ ޖުމްލަ 10 މެމްބަރުންގެ ސޮޔާއެކު، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމެވެ.

މަލީހާ ދެކޮޅަށް ހުށަހެޅި ގަރާރުގައި ބުނެފައި ވަނީ ސަރުކާރަށް ދެ އަހަރު ފުރޭއިރު، ޓެެލެކޮމިއުނިކޭޝަން ގާނޫނުގެ ދަށުން ހަދަން ޖެހޭ އެއްވެސް ގަވައިދެއް ނުހެދުމާއި ޓެލެކޮމް ސިނާއަތު ފުރިހަމައަށް ރެގިއުލޭޓްކޮށް ހިންގުމަށް ކޮންމެހެން ބޭނުންވާ ގަވައިދުތައް ނުހެދި ލަސްވެގެންދާ ކޮންމެ ދުވަހަކު ދައުލަތަށާއި ރައްޔިތުންނަށް ގެއްލުންވަމުންދާ ކަމަށެވެ.

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!