ޚަބަރު

ރާއްޖެއިން ޤައުމުތަކާއެކު އޮންނަ ގުޅުން ކޯވިޑާއެކު ހާމަވެއްޖެ: ރޮޒައިނާ

ރައުފާ ރަޝީދު ، ދެން އޮންލައިން

ކޯވިޑް-19ގެ ހާލަތުގައި ދުނިޔޭގެ ޤައުމުތަކާއި ރާއްޖެއާ ދެމެދު ގުޅުން އޮތް މިންވަރު ހާމަވެއްޖެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ރޮޒެއިނާ މިހެން ވިދާޅުވެފައި ވަނީ ޕީއެސްއެމް ނިއުސްއިން ގެނެސްދޭ "ބާބު 3" ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ ރާއްޖެއާއި އެހެން ގައުމުތަކާ ދެމެދު އޮންނަ ގުޅުން ކޮވިޑް-19 ގެ ސަބަބުން ހާމަަވެއްޖެ ކަމަށެވެ.

"މިކޮވިޑްގެ ތެރޭގައިވެސް ކޮންޤައުމަކުންތޯ އަޅުގަނޑުމެންނަށް އެހީތެރިކަން ފޯރުކޮށް ނުދެނީ. އެންމެ ކުޑަމިނުން ޗައިނާއިން ވެސް ފޯރު ކޮށްދިން. އިންޑިޔާއިން ވެސް، އިނގިރޭސި ވިލާތުން ވެސް އެހެން ތަންތަނުން ވެސް އަޅުގަނޑުމެންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިން.” ރޮޒެއިނާ ވިދާޅުވިއެވެ.

އިތުރަށް ވާހަކަ ދައްކަމުން އޭނާ ވިދާޅުވީ މި ދަނޑިވަޅުގައި ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ ހަރުދަނާކަން ފެނިގެން ގޮސްފައިވާ ކަމަށެވެ.

އަދި ނިމި ދިޔަ ރައީސް ޔާމީންގެ ވެރިކަމުގައި ގެންގުޅުއްވި ޚާރިޖީ ސިޔާސަތަކީ ދުނިޔެއާ ބީރައްޓެހި އެކަހެރި ސިޔާސަތެއް ކަމަށެވެ. ނަމަވެސް ރައީސް ޞާލިހު ވެރިކަމާ ހަވާލުވެ އެންމެ އިސްކަން ދެއްވީ ދުނިޔެއާ އެކަހެރިވެގެން އޮތް އޮތުން ނިމުމަކަށް ގެނެސް، އެކީގައި ގުޅިގެން މަސައްކަތް ކުރެއްވުމަށް ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

Ads by HDC
  1. ތުނިޔަ

    ތިޔަގުޅުމަކީ ޔާމީނުގެވެކަމުގައި އުފެއްދި ސިޔާސީގުޅުމެގެ ފޮނިރަހަަަަަަަަަަަަަަަީރުކަން ފެނިގެންތިޔަދަނީ ދެންލަލަލާ

  2. ރާށޖެއިން ޔަހޫދީންނާއެކު އޮނނަގުޅުން ހާމަވީ.ދެންހާމަވީ ރާށޖެއަށއަބަދުވެސް ބަލަބަލާ ދަހިވެތިވެތިކަންމަތީ ތިބިބަޔަކާ އޮތްގުޅުން. ހިތާމަޔަކީ ރާށޖެއާ ރައިޔަތުން މިތިބީ ވިކިހުސްވެފަ .

  3. ޕުއް

    ރޮޒައިނާ ރައްޔިތުންނަށް އޮޅުވާލަން އުޅުނަކަސް ރައްޔިތުންނަކަށް ނޯޅޭނެ. މިސަރުކާރަށްވުރެ ޔާމީން ސަރުކާރު ބޭރު ދުނިޔެއާ ގުޅުން ބޮޑުކަމަށް ޑިޖިޓަލް މީޓަރުތަކުން ދައްކަނީ. މިތަކެއްޗެއް ދޮގެއް ނުހަދާނެ. ބޭރު ދުނިޔެއަކީ ހަމައެކަނި އިގިރޭސިވިލާތާ އިންޑިޔާއެއްނުން. ތި ހުރި ތަފާތަކީ ރައީސް ޔާމީންގެ ސަރުކާރުން ރާއްޖޭގެ މިނިވަންކަމާ ސިޔާދަތު، އަދި ރާއްޖޭގަ މިއޮތް އިސްލާމް ދީން ރައްކާތެރި ކުރުމަށް ކުރާ މަސައްކަތާ، އެއްވެސް ގައުމެއްގެ ގޮނޑިކޮއްކޮ އަކަށް ނުވުމާ މި ސަރުކާރުން މި ހުރިހާ ކަމެއް ވިއްކާލާ ގައުމު އަޅުވެތި ކުރުމުން އަންނަ ތަފާތު. ގުޅުން ނެތް ގައުމަކުން ވިއްޔާ ގުޅުން ނެތީ މި ސަބަބަށްޓަކައި.
    މި ގައުމުގެ ކަރާމާތް ވިއްކާލައިގެން އެއްވެސް ގައުމަކާ ގުޅުން ބާއްވާކަށް ބޭނުމެއްނޫން.