ބޮލީވުޑް

މަލައިކާއާ އިންނާކަށް އަދި ނުވިސްނަން: އަރްޖުން

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ލޯބިވެރިޔާ މަލައިކާ އަރޯރާ އާ އިންނާކަށް އަދި ނުވިސްނާ ކަމުގައި އޭނާގެ ލޯބިވެރިޔާ އަރްޖުން ކަޕޫރު ބުނެފިއެވެ.

Ads by STELCO

އަރްޖުން ކަޕޫރާއި އޭނާގެ ލޯބިވެރިޔާ މަލައިކާ އަރޯރާ އަކީ ބޮލީވުޑްގައި މަޝްހޫރު ޖޯޑެކެވެ. އަރްޖުން އާއި މަލައިކާގެ ލޯބީގެ ގުޅުން ޔަގީން ވެފައިވަނީ 2019 ވަނަ އަހަރުގައެވެ. އަދި މިގުޅުމުގެ ވާހަކަ މިދެލޯބިވެރިން ވަނީ އެކި ގޮތްގޮތުން މީސްމީޑިއާގައި ވެސް ހިއްސާ ކޮށްފައެވެ. އަދި ދާދި ފަހުން އަރްޖުން ވަނީ މަލައިކާގެ މައިންބަފައިންނާ ވެސް ބައްދަލު ކޮށްފައެވެ.

އެއާއެކު ފޭނުން ބުނަމުން ދިޔައީ މި ދެތަރިން ވަރަށް އަވަހަށް ކައިވެނި ކުރާނެ ކަމަށެވެ. ނަމަވެސް މަލައިކާއާ އިންނަން ވިސްނަންތޯ ސުވާލުކުރުމުން އަރްޖުން ދިން ޖަވާބުން ފޭނުން ވަނީ މާޔޫސް ކޮށްލާފައެވެ.

މީސް މީޑިއާގައި ލައިވް ކޮށްގެން ކުރިއަށް ގެންދިޔަ ފޭނުން އަރްޖުން އާ ސުވާލުކުރުމުގެ ފުރުސަތުގައި ފޭނެއްގެ ސުވާލަކަށް ޖަވާބު ދެމުން އަރްޖުން ބުނީ މަލައިކާ އާ އިންނަން އަދި ވިސްނާފައި ނުވާ ކަމަށެވެ. އަރްޖުން އިތުރަށް ބުނީ މަލައިކާ އާ ކައިވެނި ކުރާނަމަ އެކަން ސިއްރު ނުކުރާނެ ކަމަށެވެ.

އުމުރުން 46 އަހަތުގެ މަލައިކާ އާއި އަރުޖުން، 36، ގެ އުމުރުގައި 12 އަހަރުގެ ފަރަގެއް ހުރެއެވެ.

މަލައިކާ އަކީ ސަލްމާން ޚާންގެ ކޮއްކޮ އަދި އެކްޓަރު އަރްބާޒް ޚާންގެ ކުރީގެ އަންހެންނެވެ. އެ ދެ މީހުންގެ ކައިވެނި 2018 ގައި ރަސްމީކޮށް ރޫޅައިލި އިރު، ލިބުނު ހަމައެކަނި ދަރިފުޅު އަރްހާން ޚާނަށް މިހާރު 17 އަހަރެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!