ޚަބަރު

މަލީޙު ހުންނެވި މަޤާމު ވަގުތީ ގޮތުން މިނިސްޓަރ ފައްޔާޒާ ހަވާލު ކުރައްވައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އޮފް ކޮމިއުނިކޭޝަންސް، ސައިންސް އެންޑް ޓެކްނޯލޮޖީ ވަގުތީގޮތުން ހިންގެވުމަށް މިއަދުން ފެށިގެން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްއުސްތާޛު ފައްޔާޒް އިސްމާޢީލާ ހަވާލު ކުރައްވައިފިއެވެ.

Ads by MWSC

ރައީސް ޞާލިޙް މި ބަދަލު ގެންނަވާފައި ވަނީ 2021 މާރިޗު 1 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2021 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 11 ވަނަ ޖަލްސާގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 101 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީގެ މަޤާމުގައި ހުންނެވި އަލްފާޟިލް މުޙައްމަދު މަލީޙް ޖަމާލްގެ އިތުބާރުނެތްކަމަށް ފާސްކުރައްވާފައިވާތީ، ޤާނޫނު އަސާސީގެ 101 ވަނަ މާއްދާގެ (ރ) ގެ ދަށުން އެ މަޤާމުން މުޙައްމަދު މަލީޙް ޖަމާލް މިއަދު ވަކިފެފައިވާތީ ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

މިނިސްޓަރ މަލީޙް އެމަގާމުން ވަކި ކުރަން ވޯޓު ދެއްވީ މިއަދު ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެ ތިބި 70 މެންބަރުންގެ ތެރެއިން 59 މެންބަރުންނެވެ. އޭނާ މަގާމުން ވަކިކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ މެންބަރެކެވެ. އަދި ވަކި ގޮތަކަށް ވޯޓު ނުދެއްވާ ހަތަރު މެންބަރުން ތިއްބެވެ.

ޖުމްހޫރީ ޕާޓީގެ ސްލޮޓްގައި މިނިސްޓަރކަމުގެ މަޤާމު އަދާ ކުރައްވަމުން ގެންދެވި މަލީޙްގެ އިތުބާރު ނެތްކަމުގެ މައްސަލަ،މަޖިލީހަށް ހުށަހަޅާފައި ވަނީ ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމެވެ.

މިއީ މިސަރުކާރުގެ ވަޒީރަކު ރައްޔިތުންގެ މަޖިލީހުން އިތުބާރު ނެތް ކަމަށް ކަނޑައެޅި ފުރަތަމަ ފަަހަރެވެ.

Ads by HDC
  1. ފަރޭ

    މީގެން އެގޭ މީ ރޭވުމެއްގެ ތެރެއިން ހިގާ ކަމެއްކަން. ކޯލިޝަން ބޭރުކުރުން އަމާޒަކީ.

  2. ޖާނޭ

    ތިޔައީ އެމް.ޑީ.ޕީ ގެ މީހަކަށް ވަޒީފާ ދިނުމަށް “ސްޅޯލިޙް” ގެ ރޭވުމެއް. ސްލޯލިޙަަށް ހީވަނީ ވެރިކަމަށް އާދެވުނީ އެމީހުން އަމިއްލައަށް ކުރި މަސަްކަތުން ކަމަށް. ޖުމްހޫރީ ޕާރޓީގެ ލީޑަރ ބަލިކަށި ކުރަން ކަމަށް ހީކުރަނީ. ޤާސިމަކީ ސްލޯލޮހް ކަހަލަ ފިނޑިއެއް ނޫން.

  3. ބްލަޑް

    ފުޅިމަދު އުނގުރި