ޚަބަރު

ބޮޑު މުސާރަ ދީފައި، މަސައްކަތް ނުކުރާނަމަ ރައްޔިތުން ކަންބޮޑުވާނެ: ރައީސް ނަޝީދު

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

މަޖިލީހުގެ މަސައްކަތްތައް މަދުވެ، މަޖިލީހުގައި މަސައްކަތް ކުރަންޖެހޭ ބިލެއް ނެތްކަން ފާހަގަކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ.

Ads by STELCO

ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި ރިޔާސަތުގައި އިންނަވައި ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ސަރުކާރުން މިދައުރުގެ ތެރޭގައި މަޖިލީހަށް ހުށަހެޅުމަށް ނިންމާފައިވާ އެއްވެސް ބިލެއް މިހާތަނަށް ލިބިފައި ނުވާ ކަމަށެވެ. އަދި ލިބިފައިވަނީ ސަރުކާރުން ހުށަހަޅަން ގަސްތުކުރާ ބިލްތަކުގެ ލިސްޓު އެކަނި ކަމުގައި ނަޝީދު ވިދާޅުވިއެވެ.

މި މައްސަލައިގައި ބަންޑާރަ ނާއިބާއި ވާހަކަ ދައްކަވައިގެން އަވަހަށް ހުށަހެޅެން ހުރީ ކޮން ބިލްތަކެއްތޯ އަދި ލަސްވަނީ ކީއްވެތޯ އޮޅުން ފިލުވާނެކަމަށް ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

"މިދައުރުގެ ތެރޭގައި އަޅުގަނޑުމެން އެބަޖެހޭ މުހިންމު ބިލްތަކެއްގެ މަސައްކަތް ކުރަން. އެންމެ ކުޑަ އުޖޫރަ، ވަޒީފާ ނެތި ތިބި މީހުންނަށް އިނާޔަތެއް ދިނުން. މިކަންކަން އަޅުގަނޑުމެން ކުރަން އެބަޖެހޭ، މިއީ އެޖެންޑާ19 ގައި ކަނޑައަޅާފައިވާ ކަންކަން. ރައްޔިތުން ވަރަށް ކަންބޮޑުވާނެ ބޮޑު މުސާރަ ދީފައި އެވަރަށް މަސައްކަތް ނުކުރެވޭނަމަ. އެބޭފުޅުންގެ ކަންބޮޑުވުން ވެސް އެކަމަށް އޮންނާނެ." ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން އެމްޑީޕީގެ ލެޖިސްލޭޓިވް އެޖެންޑާއެއް އޮތުމާއެކު، އެ ޕާޓީން އަވަހަށް ފާސްކުރަން ބޭނުންވާ ބިލުތައް އެ ޕާޓީއަށް އެނގޭނެ ކަން ފާހަގަ ކުރައްވައި ރައީސް ނަޝީދު ވަނީ އެޕާޓީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރާއި ބަންޑާރަ ނައިބާ ދެ ބޭފުޅުން މަޝްވަރާ ކުރައްވައިގެން އެކަން ކުރިއަށް ގެންދިއުމަށް އެދިވަޑައިގަންނަވާފައެވެ.

Ads by HDC
  1. ޑިމޮކްރަސީ

    ތީ ވަރަށްބޮޑު ތެދެއް؟