ޚަބަރު

އައްޑޫ ފްލައިން ސްކޫލްގެ ދަރިވަރެއް މީހަކު މެރިކަމުގެ ތުހުމަތު!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އައްޑޫ ފްލައިން ސްކޫލްގެ ދަރިވަރެއް މީހަކު މަރާފައިވާ ކަމަށް ތުހުމަތު ކުރުމުން، އެކަން އެ ސްކޫލްގެ ދަރިވަރުންގެ ޔޫނިއަނުން ކުށްވެރި ކޮށްފިއެވެ.

އެޔޫނިއަނުން އާންމުކުރި ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ފްލައިންގް ސްކޫލުގެ ދަރިވަރަށް މިފަދަ ތުހުމަތެއް ކޮށްފައި ވަނީ ސްކޫލުން އެ ދަރިވަރަށް ފޮނުވި އީމެއިލެއް ގައި ކަމަށެވެ.

އެގޮތުން މިދިޔަ ފެބްރުއަރީ މަހުގެ 27 ގައި ފްލައިންގް ސްކޫލުން މި އީމެއިލް ފޮނުވާފައި ވަނީ ޓްރާންސްޕޯޓު މިނިސްޓްރީ އަދި ހަޔާ އެޑިއުކޭޝަންގެ ސީނިއާ މުވައްޒަފުންނަށް ކޮޕީކޮށްފައި ކަމަށް ވެސް ދަރިވަރުންގެ ޔޫނިއަނުން އާންމުކުރި ބަޔާނުގައި ބުނެފައިވެއެވެ.

އައްޑޫ ފްލައިން ސްކޫލްގެ ދަރިވަރަކާ ބެހޭގޮތުން ކޮށްފައިވާ ތުހުމަތުތަކަކީ އެއްވެސް އަސާސެއް އަދި ހަގީގަތެއް ވެސް އެކުލެވިގެންވާ ތުހުމަތުތަކެއް ނޫން ކަމަށް ދަރިވަރުންގެ ޔޫނިއަނުން ބުންޏެވެ. އަދި ފްލައިންގް ސްކޫލުގެ މި އަމަލަކީ އެ ޔޫނިއަން އިން ދަރިވަރުންގެ ހައްގުގައި ކުރަމުން އަންނަ މަސައްކަތުގައި އެ ދަރިވަރު ބައިވެރިވަމުން އަންނާތީ، ސަރުކާރުގެ މުއައްސަސާތަކާއި އެހެނިހެން ފަރާތްތަކުގެ ކުރިމަތީ އެ ދަރިވަރުގެ ނަން ކިލަނބުކޮށް، ދަރިވަރުގެ ކެރިއަރު ދުއްވާލުމަށް ދިން ޒާތީ ހަމަލާއެެއް ކަމަށް ވެސް އެ ޔޫނިއަނުން ބުނެފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!