ދުނިޔެ

ހަފްތާ ބަންދުގައި ފުރަބަންދު ކުރުމަކީ ވަރަށް ލާއިންސާނީ އަމަލެއް: ޕެރިސްގެ މޭޔަރު

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ކޮވިޑް-19 އާ ގުޅިގެން ކޮންމެ ހަފްތާ ބަންދެއްގައި ފުރަބަންދު ކުރުމަށް ޕެރިސްގެ ސިއްހަތާ ބެހޭ އިދާރާއިން އިއުލާނު ކުރުމާ ގުޅިގެން އެގައުމުގެ މޭޔަރު އޭން ހިޑަލްގޯ ނުރުހުން ފާޅު ކުރައްވައިފިއެވެ.

Ads by Sosun Fihaara

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމެއްގައި ވާހަކަ ދައްކަމުން އެޑަލްޑޯ ބުނީ ހަފްތާ ބަންދުތަކުގައި ފުރަބަންދު އިއުލާން ކުރުމާ އޭނާ ނުރުހޭ ކަމަށާއި، އެކަމަކީ ވަރަށް ލާއިންސާނީ އަމަލެއް ކަމަށެވެ.

މީގެ އިތުރުން، ވަރަށް ގިނަ މީހުން ދަތިހާލުގައި އުޅެމުން އަންނަ ކަމަށާއި ކުދި ކުދި ޖިފުޓި ފަދަ ތަންތަނުގައި ގިނަ ބަޔަކު އުޅެމުން އަންނަ ކަން ވެސް އޭނާ ވަނީ ފާހަގަ ކޮށްފައެވެ. އަދި އެމީހުންނަށް މިކަމުގެ ސަބަބުން ވަރަށް ދަތިތަކާ ކުރިމަތިލާން ޖެހޭނެ ކަމުގައި ވެސް އޭނާ ފާހަގަ ކުރިއެވެ.

އޭނާ ބުނީ ފުރަބަންދު ނުކޮށް ޕާކުތައް ބޭނުން ކުރެވޭ އެންމެ ރަނގަޅު ގޮތަށް ބޭނުން ކުރުމުގެ އިންތިޒާމުތައް ހަމަޖައްސައި، އާންމުން ހޭލުންތެރި ކުރުމުގެ އެކި ކުލާސްތައް ބޭއްވިދާނެ ކަމަށާއި މިކަމަށް ހައްލެއް ގެނެވޭނީ އެންމެން އެކުގައި މަސައްކަތް ކޮށްގެން ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!