Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

އަލްޙަމްދުލިﷲ، މަސްފެންގަނޑަކަށް ވެއްޓުނު ތުއްތު ކުއްޖާގެ ހާލު ރަނގަޅު، ވޯޑަށް ބަދަލުކޮށްފި!

އަލްޙަމްދުލިﷲ، މަސްފެންގަނޑަކަށް ވެއްޓުނު ތުއްތު ކުއްޖާގެ ހާލު ރަނގަޅު، ވޯޑަށް ބަދަލުކޮށްފި!

ރ. އުނގޫފާރުން މަސްފެންގަނޑަކަށް އިއްޔެ ވެއްޓުނު ތުއްތު ކުއްޖާގެ ހާލު ރަނގަޅު ކަމަށާއި، އެކުއްޖާ މިހާރު އައިސީޔޫއިން ކުޑަކުދިންގެ ވޯޑަށް ބަދަލު ކޮށްފައިވާ ކަމަށް އުނގޫފާރު ހޮސްޕިޓަލުން ބުނެފިއެވެ.

"ދެން" އަށް މައުލޫމާތު ދެއްވަމުން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ ޕަބްލިކް ރިލޭޝަންސް އޮފިސަރ ޙަސަން ފަޒީލް ވިދާޅުވީ އެރަށުން މަސްފެންގަނޑަކަށް އިއްޔެ ވެއްޓުނު އުމުރުން އެއް އަހަރާއި 4 މަހުގެ ތުއްތު އަންހެން ކުއްޖާގެ ހާލު މިހާރު ސްޓޭބަލް ވަމުން އަންނަ ކަމަށާއި މިއަދު ހެނދުނު އައިސީޔޫ އިން ކުޑަކުދިންގެ ވޯޑަށް ބަދަލު ކޮށްފައިވާ ކަމަށެވެ.

"އައިސީޔޫއިން މިހާރު ޝިފްޓު ކޮށްފި ވޯޑަށް. މިއަދު ހެނދުނު ޑޮކްޓަރުން ބައްލަވާފަ ވިދާޅުވީ ކުއްޖާގެ ހާލު ރަނގަޅު ކަމަށާއި ވޯޑުގައި ބާއްވައިގެން އިތުރަށް ފަރުވާ ދެވޭވަރު ވެއްޖެ ކަމަށް. ކުއްޖާގެ ސޯޑިއަމް ވެސް އަޕްޓު ދަ މާކް އަށް އެބަ އާދޭ. އެހެންވީމަ ކުއްޖާ ސްޓޭބަލް ކަމަށް ޑޮކްޓަރުން ވެސް ވިދާޅުވަނީ" ފަޒީލް ވިދާޅުވިއެވެ.

Advertisement
Ooredoo — Square (box)

ފަޒީލް ވިދާޅުވީ، ކުއްޖާގެ ހާލު އިތުރަށް ގޯސް ނުވާނަމަ ދެ ދުވަހެއް ތެރޭގައި ހޮސްޕިޓަލުން ގެއަށް  ދޫކޮށްލެވޭނެއެވެ.

އުނގޫފާރުގެ ގެއެއްގައި ހުރި މަސްފެންގަނޑަކަށް ވެއްޓި އެ ތުއްތު ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައީ އިއްޔެ މެންދުރު 12:20 ހާއިރެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް