ޚަބަރު

ރައީސް ނަޝީދަކީ ޔުނިވަރސިޓީ އޮފް އިގްނޮރެންސްގެ ޕްރިންސިޕަލް : މަލީޙް

ރައުފާ ރަޝީދު

ރައީސް ނަޝީދަކީ ޔުނިވަރސިޓީ އޮފް އިގްނޮރެންސްގެ ޕްރިންސިޕަލް ކަމަށާއި ނަޝީދު ޕްރޮމޯޓް ކުރަނީ “އިގްނޮރެންސް” ކަމަށް ކޮމިއުނިކޭޝަންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު ކަމުގެ މަޤާމުން ދާދި ފަހުން ވަކިކުރެވުނު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

މަލީހު މިހެން ވިދާޅުވެފައިވަނީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ. އެ ޓްވީޓުގައި ބުނެފައިވަނީ ޖާހިލުންގެ މައްޗަށް އިލްމަށް ކުރި ހޯދޭނީ އެގޮތަށް އިސްތިއުފާ ނުދެއްވާ، ޖާހިލުންގެ ޖާހިލުކަން ސާފު ބަހުން ތިލަކޮށްދީގެން ކަމަށެވެ.

އޭނާ މިހެން ވިދާޅުވީ، ރައްޔިތުން މަޖިލީހުގެ ނުރުހުން އަމާޒުވެފައި ވަނިކޮށް އިލެކްޝަން ކޮމިޝަންގެ ކޮމްޕްލަޔަންސް ކޮމިޝަންގެ ވެރިޔާ މުހައްމަދު ޒާހިދު އެ މަގާމުން މިއަދު އިސްތިއުފާދެއްވުމާ ގުޅިގެންނެވެ.

“ ޖާހިލުންގެ މައްޗަށް އިލްމަށް ކުރި ހޯދޭނީ މިގޮތަށް އިސްތިއުފާ ނުދެއްވާ ޖާހިލުންގެ ޖާހިލުކަން ސާފު ބަހުން ތިލަކޮށްދީގެން. މަޖިލިސް ރައީސް ޕްރޮމޯޓް ކުރައްވަނީ އިގްނިރެންސް. އޭނާ އަކީ ޔުނިވަރސިޓީ އޮފް އިގްނޮރެންސްގެ ޕްރިންސިޕަލް” މަލީހު ކުރެއްވި ޓްވީޓުގައި ލިޔެފައިވެއެވެ.

މަލީހު މަޤާމުން ވަކި ކޮށްފައިވަނީ މާޗް މަހުގެ 1 ވަނަ ދުވަހުއެވެ. މިގޮތަށް ކަނޑައަޅާފައި ވަނީ ވޯޓްގައި ބައިވެރިވި މެންބަރުންގެ ތެރެއިން 59 މެންބަރުންގެ ތާޢީދާއެކުގައެވެ.

މަލީހްގެ އިތުބާރު ނެތް ކަމަށް އެމްޑީޕީ މެންބަރުން ފާސްކޮށް އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ފަރާތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއަށް ސިޓީއެއް ފޮނުއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

އޭގެ ފަހުން ދެ މަހަށް ވުރެ ގިނަ ދުވަސް ވެގެން ދިޔައިރު ވެސް މަލީހް މަގާމުގައި ހުންނެވުމުން މަޖިލީހަށް އޭނާގެ އިތުބާރު ނެތް މައްސަލަ ހުށަހެޅުއްވީ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް އިސްވެ ހުންނަވައި 14 މެންބަރުންގެ ސޮޔާއެކުގައެވެ.

  1. ނުރަބޯ

    ތިޔައީ ތެދެއް. އެހެން ނަމަވެސް މިއޮއްހާ ދުވަހު މަލީޙު ހުރީ ތިޔަބުނާ މީހާއަށް މަދަޙަ ކިޔާލަކިޔާލާ ނޫންތޯ….؟