ޚަބަރު

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމުގެ މަޤާމަށް ބޭފުޅަކު ޢައްޔަން ކުރައްވައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމުގެ މަޤާމަށް މާފަންނު ރަންވަރަ، އަލްއުސްތާޛާ ޚަދީޖާ ނަޢީމް ޢައްޔަން ކުރައްވައިފިއެވެ.

Ads by MWSC

އެ ޓްރައިބިއުނަލްގެ ޤާނޫނީ ދާއިރާގެ މެންބަރުގެ ގޮތުގައި ޢައްޔަން ކުރައްވާފައިވާ ޚަދީޖާ ނަޢީމަކީ، ނޭޝަނަލް ލޯ ސްކޫލް އޮފް އިންޑިއާ ޔުނިވަރސިޓީއިން ބިޒްނަސް ލޯގެ ދާއިރާއިން މާސްޓަރސް އޮފް ލޯ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

އޭނާ އެ މަގާމަށް އައްޔަނު ކުރީ ރައްޔިތުންގެ މަޖިލީހުގެ 63 މެމްބަރުންގެ ވޯޓުންނެވެ.

ޚަދީޖާ ނަޢީމް އެންމެ ފަހުން ފުރުއްވާފައި ވަނީ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ލީގަލް އޮފިސަރގެ މަޤާމެވެ. މީގެ އިތުރުން، އެޓަރނީ ޖެނެރަލްގެ އޮފީހުގެ ޑެޕިއުޓީ ސްޓޭޓް އެޓަރނީގެ މަޤާމާއި، އިލެކްޝަންސް ކޮމިޝަންގެ ޑިރެކްޓަރ ލީގަލްގެ މަޤާމު ވެސް އެ ބޭފުޅާ މީގެ ކުރިން ފުރުއްވާފައި ވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!