ދުނިޔެ

ތުރުކީގެ އަސްކަރީ ހެލިކޮޕްޓަރެއް ވެއްޓި 11 މީހުން މަރުވެއްޖެ

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ތުރުކީގެ އަސްކަރީ ހެލިކޮޕްޓަރެއް ވެއްޓި 11 މީހުން މަރުވެއްޖެއެވެ.

Ads by Sosun Fihaara

މި ހެލިކޮޕްޓަރު ވެއްޓިފައި ވަނީ ތުރުކީގެ އަވަށެއް ކަމަށްވާ ޓަޓަވަންއާ ކައިރި ހިސާބަކަށް ކަމުގައި ބޭރުގެ މީޑިއާތަކުން ރިޕޯޓް ކުރެއެވެ.

މީގެ އިތުރުން މި ހެލިކޮޕްޓަރަކީ ޓަޓަވަންއާ ކައިރި ހިސާބެއް ކަމަށްވާ ބިންގޮއުލް އިން ޓަޓަވަން އަށް ދަތުރު ކުރަމުން ދިޔަ ހެލިކޮޕްޓަރެއް ކަމަށް މީޑިއާތަކުން ރިޕޯޓް ކުރެއެވެ. ދަތުރުގެ ވަކި ހިސާބަކުން ހެލިކޮޕްޓަރު ވެއްޓުނީ ހެލިކޮޕްޓަރުގެ ކަނެކްޝަން ގެއްލުމުންނެވެ.

މި ހާދިސާގައި މަރުވި 11 މީހުންގެ ތެރެއިން 9 މީހުން ހާދިސާ ހިނގި ވަގުތު މަރުވެފައިވާ އިރު ދެމީހުން މަރުވެފައި ވަނީި ލިބުނު އަނިޔާތަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ.މަރުވި މީޙުންގެ އިތުރުން ވެސް ދެ މީހަކަށް މި ހާދިސާގައި އަނިޔާ ލިބިފައި ވެއެވެ.

މި ހާދިސާގައި މަރުވި ފަރާތްތަކުގެ އާއިލާތަކަށާއި ތުރުކީގެ އަސްކަރިއްޔާ އަށް ދުނިޔޭގެ އެކި އެކި ޖަމިއްޔާތަކުން ވަނީ ތައުޒިޔާ ފޮނުވާފައެވެ.

ހެލިކޮޕްޓަރު ވެއްޓުނު ސަރަހައްދަކީ ތުރުކީގެ އަސްކަރިއްޔާ އިން އަސްކަރީ އޮޕަރޭޝަންތައް ހިންގާ ސަރަހައްދެކެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!